މާދަމާ އަކީ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ދާދި ދެންމެއަކު ކަނޑައަޅައިފިއެވެ.
ހަނދުސާބިތު ކުރުމުގެ ބަޔާން އިއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު މިރޭ ވިދާޅުވީ މި އަހަރުގެ ޝައްވާލުމަހުގެ ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ. އަދި ބައެއް އިސްލާމީ ގައުމުތަކަށް މިއަދު އިރުއޮއްސުމަށްފަހުގައި ހަނދުފެނިފައިވާ ކަމުގެ މައުލޫމާތު ރަސްމީ ގޮތުން ލިބިފައިވާ ކަމަށެވެ.
"މާދަމާ، މީލާދީ ސަނަތުން 2023 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 21 ވާ ހުކުރު ދުވަހަކީ ހިޖުރީ ސަނަތުން 1444 ވަނަ އަހަރުގެ ފިތުރު އީދު ދުވަސްކަމުގައި ކަނޑައަޅައިފީމެވެ،" އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.
މާދަމާއަކީ އީދު ދުވަސްކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައި ވަނީ ސައުދި އަރަބިއާއިން ވެސް މާދަމާއަކީ އީދު ދުވަސް ކަމަށް ކަނޑައަޅާފައި ވަނިކޮށެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި