އީދުގެ އުފާ ހުރިހާ ފަރާތްތަކަކުން ވެސް ފާޅު ކުރާއިރު، ތިމާވެއްޓާއި ރަހުމަތްތެރި ގޮތަކަށް އީދު ފާހަގަ ކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން އެދިއްޖެއެވެ.
އެގޮތުން އީދުގެ އެކި ހަރަކާތްތައް ކުރިޔަށްދާ ތަންތަނުގައި ފެން ފޯރުކޮށްދިނުމަށް ޑިސްޕެންސަރު ބެހެއްޓުމަށާއި އީދުގެ ހަފްލާތައް ޒީނަތްތެރިކުރާއިރު ދެވަނަ ފަހަރަށް ވެސް ބޭނުން ކުރެވޭނެ ތަކެތި ބޭނުން ކުރުމަށް ވަނީ އެދިފައެވެ.
ބައެއް ތަންތަނުގައި އީދު ނަމާދަށްފަހު ހެނދުނުގެ ސައި ގިނަ ފަރާތްތަކަކަށް ބައިވެރިވެވޭ ގޮތަށް ބާއްވައެވެ. އެހެންކަމުން މިނިސްޓްރީން ވަނީ އެ ހަފްލާގައި ބޭނުންކުރާ ތަށި އަދި ސަމުމާ ފަދަ ތަކެއްޗަކީ ވެސް ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ތަކެއްޗަށް ހެދުމަށް އެދިފައެވެ.
ސަރުކާރުން އަންނަނީ ރާއްޖެ އަކީ ތިމާވެއްޓާއި ރައްޓެހި ކަންކަން ކުރަ ގައުމަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން