ކަރަންޓު އިގްތިސޯދު ކުރުމުގައި އިތުރަށް ސަމާލުކަން ދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ މި ހިނގާ އޭޕްރީލް މަހާއި އަންނަ މެއި މަހަކީ ރާއްޖެ އަށް މިއަހަރު އެންމެ ހޫނު ގަދަ ވާނެ ދެ މަސްތައް ކަމަށަ ކަމާބެހޭ ފަރާތްތަކުން ލަފާ ކޮށްފައިވާ ކަމަށެވެ.
މި ދުވަސްތައް ރޯދަމަހާއި ދިމާވުމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
އެހެން ދުވަސްތަކާއި ހިލާފަށް މިދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑުގެ ވަގުތަކުގައި ވެސް ކަރަންޓު އުފައްދަންޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
އެހެންކަމުން ކަރަންޓު ބޭނުން ކުރުމުގައި އިތުރަށް ސަމާލުވެ ކަރަންޓު އިގްތިސޯދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯ އިން ވަނީ އެދިފައެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން