ރާއްޖޭގައި ހިނގާ ސްކޭމުތައް ހިނގަމުން ދަނީ ސީދާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ގުޅިގެން ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ތުހުމަތު ކުރައްވައިފިއެވެ.
ބޭންކ އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ އެކައުންޓުތަކުން އެ އެކައުންޓުތަކުގެ ވެރިފަރާތްތަކަށް ނޭނގި ފައިސާ ކެނޑެމުންދާ މައްސަލަ އެސްއީއޯ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން އަލީ ހުސައިން ވިދާޅުވީ ސްކޭމް ކޯލްތަކުގެ ތެރެއިން އެންމެ ގިނަ ކޯލްތަކެއް އަންނަނީ ޖަލުން ކަމަށް އެ ކޮމެޓީ ރިޕޯޓުން އެނގޭ ކަމަށެވެ. މިފަދަ ކަންކަން ހިނގަނީ ސީދާ ދައުލަތުގެ ފަރުވާ ކުޑަ ކަމުގެ ސަބަބުން ނުވަތަ ޖަލުތައް ވެސް ވާނެ އެއްޗެއް ވާން ދޫކޮށްލުމުން ހިނގާ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެބަ އެނގޭ އަޅުގަނޑުމެން ޖަލުގައި ހުންނަ މީހަކާ ބައްދަލުކޮށްލަން ދިޔައީމާ ވެސް ކުރާ ޗެކު. މުޅި ބޮޑީ ޗެކުކޮށް އަދި ސްކޭނަރު ޖައްސައި މި ހުރިހާ ކަމެއް ކޮށްގެން އެތަނަށް ވަދެވެނީ. އެހެންނަމަވެސް، ޖަލުގައި ފޯނު ގެންގުޅުމާއި، ފޯނުކުރުމާއި މިހުރިހާ ކަމެއް ހިނގާއިރުގައި އަދި މީގެއިތުރުން މި ފޯނުކޯލު ތައް މެދުވެރިކޮށް ރައްޔިތުންގެ އެތަކެއް ބައެއްގެ އަތުން ފައިސާ އެކި ގޮތަށް އޮޅުވާލައިގެން ހޯދާއިރު ވެސް މިކަން ހަމަ ކުރިއަށްދާ ގޮތަށް ރާވާފައި މި އޮންނަނީ އަޅުގަނޑު ހިތަށް އަރަނީ، ހަމަ ރާވައިގެން ހިންގާ ކަމެއް ނޫންބާވައޭ،" އަލީ ހުސައިން ވިދާޅުވިއެވެ.
އޭނާ ވަނީ ހަލާލު ވިޔަފާރިކުރާ މީހާގެ އެކައުންޓަށް ފައިސާ ވަންނައިރަށް ބޭންކް އޮފް މޯލްޑިވްސް އިން ގުޅާ ކަމަށާއި އަދި އެ ފައިސާއާ ގުޅޭ ގޮތުން އެތައް ސުވާލުތަކެއް ކުރާ ކަމަށެވެ.
"ކާކު ކޮންކަމެއް، ކޮން މަސައްކަތެއް ކޮށްގެން ގެނައި ފައިސާއެއްތޯ. އުނދަގޫ ވާ ވަރަށް އެބަ ކޯލު އެބަ އާދޭ. މެސެޖު އެބަ ކުރޭ. ސިޓީ ފޮނުވައި ބްލޮކް ކުރާނެ ކަމަށް ބުނޭ. ބްލެކް ލިސްޓު ކުރާނެ ކަމަށް އެބަ ބުނޭ. އެއީ ހަލާލު ވިޔަފާރި ކުރާ މީހާ،" އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ވިދާޅުވީ އާދައިގެ މީހާއާ މެދު ބީއެމްއެލް އިން އެގޮތަށް އަމަލުކުރާއިރު ސްކޭމް ކޯލްތައް ކޮށްގެން މަންފާ ލިބޭ މީހުންގެ އެކައުންޓުތަކަށް މިލިއަނުން ފައިސާ އައުމުން ވެސް ބީއެމްއެލް އިން އެއްވެސް ކަމެއް ނުކުރާ ކަމަށާއި އެފަދަ އެކައުންޓުތައް ބްލެކް ލިސްޓަށް ވެސް ނާރާ ކަމަށެވެ.
"މި ހަމަ ސީދާ ބޭންކުގެ ތެރެއިން، ބޭންކް އޮފް މޯލްޑިވްސްގެ ތެރެއިން ހިންގާ، ހަމަ ގުޅިގެން ހިންގާ ޖަރީމާއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ،" އަލީ ވިދާޅުވިއެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި