ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގެ ހާރިޖީ ސިޔާސަތަކަށް ވާނީ ކުރީގެ ރައީސް އިބްރާހީމް ނާސިރާއި އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ގެންގުޅުއްވި ހާރިޖީ ސިޔާސަތު ކަމަށް އެޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތަކަށް ހަދާނީ ރައީސް ނާސިރާއި ރައީސް މައުމޫން ގެންގުޅުއްވި ހާރިޖީ ސިޔާސަތު ކަމަށެވެ.
ގާސިމް އެފަދައިން ވިދާޅުވެފައިވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ހަމައެކަނި އިންޑިއާ އަށް ބަރޯސާވާ ސަރުކާރެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. އަދި މިއަދު ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އިދިކޮޅުގައި އޮތްއިރު އޭރު އަދި މިހާރު އިދިކޮޅު ޕާޓީ، ޕީޕީއެމްގެ ވެރިކަމުގައި އެމްޑީޕީން ބުނަމުން ދިޔައީ ޕީޕީއެމް އިން ހަމައެކަނި ގާތް ގުޅުމެއް ބާއްވަމުން ގެންދިޔައީ ޗައިނާ ސަރުކާރާ ކަމަށެވެ.
https://twitter.com/qasimibrahim/status/1648089127777345537?s=20
ރައީސް ނާސިރާއި ރައީސް މައުމޫންގެ ހާރިޖީ ސިޔާސަތު ގެންގުޅުއްވާނެ ކަމަށް ގާސިމް ވިދާޅުވިއިރު، ރައީސް މައުމޫންގެ ސަރުކާރުގައި ވަކި ހާއްސަ ގައުމެއް ނޯވެއެވެ. ކޮންމެ ގައުމަކާއި އެކުވެސް ބަދަހި ގުޅުމެއް ދިޔައީ ބާއްވަމުންނެވެ.، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ވަކި ގައުމެއްގެ ކުންފުނިތަކަކަށް އިސްކަމެއް ނުދެއެވެ. ހުރިހާ ގައުމަކަށް ވެސް އިސްކަން ދެއްވައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި މިވަގުތުވެސް ހުރި ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ނިންމާފައި ވަނީ ވަކިންނެވެ. އަދި އެޕާޓީއާއެކު ކޯލިޝަން ހެދުމަށް ބޭނުންވާ ފަރާތްތަކަށް ޖޭޕީން މިހާރު ވަނީ ފުރުސަތުވެސް ހުޅުވާލައިފައެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި