ދިވެހި އަމިއްލަ ބްރޭޑެއް ކަމަށްވާ "ކައުރީ"ގެ އާ ޑިޒައިންތަކާ އެކު އީދަށް އިލާލާގެ ސްޓޮކް އާ ކޮށްފިއެވެ.

ކައުރީ އަކީ އިލާލާގެ ހާއްސަ ބްރޭންޑެކެވެ. ކައުރީ ބްރޭންޑް ހާއްސަކޮށްފައި ވަނީ ސާފް ސްޓައިލުގެ ގާމެންޓްސް އާއި އެސެސަރީސްތަކެވެ.

އިލާލާގެ އެއް ހިއްސާދާރު ކަމަށްވާ އަޝްޖައު ޝާހިދު "ހަތާވީސް"އަށް ވިދާޅުވީ އީދާ ދިމާކޮށް އެ ބްރޭންޑުގެ ގަމީސް ވެސް ތައާރަފް ކޮށްފައިވާ ކަމަށެވެ.

https://twitter.com/hathavees/status/1648215851370426369?s=20

"އަލަށް މި އީދަށް ހާއްސަކުރީ ކައުރީގެ ގަމީސްތައް. ކައުރީޔަކީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ފާހަގަ ކޮށްލެވޭވަރުގެ ބްރޭންޑަކަށް ވެެގެންދާނެ،" އަޝްޖައު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އީދަށް ހާއްސަކޮށްގެން ފިރިހެނުންނަށް އެންމެ ކަމުދާ ބްރޭންޑުގެ ގާމެންޓްސްގެ އާ ސްޓްކޮތަކެއްވެސް ގެނެސްފައިވާ ކަމަށެވެ.

[caption id="attachment_50228" align="alignnone" width="1280"] އިލާލާ ފިހާރައިން ބަޔަކު ވިޔަފާރި ކުރަނީ-- ހަތާވީސް ފޮޓޯ[/caption]

"އޭގެ ތެރޭގައި ގަމީހާއި، ލިވައިންސް ޖިންސް އަދި ޓިބީވައި ފަދަ ގާމެންޓްސްތައް ހިމެނޭނެ" ކަމަށް ވިދާޅުވިއެވެ. އިލާލާ އިން އަބަދުވެސް "ލޭޓެސްޓް ޓްރެންޑް" ތައާރަފް ކުރާނެއެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައި އިލާލާގެ ފިހާރައެއް ހުންނައިރު ސޯޝަލް މިޑީއާ މެދުވެރިކޮށްވެސް އިލާލާގެ އެއްޗެހި ގަނެވޭނެއެވެ. އެއްހާސް ރުފިޔާއިން މަތިން ވިޔަފާރި ކުރާ ކޮންމެ މީހަކަށް އިލާލާގެ ކްލަބް މެމްބަރަކަށް ވެވޭނެއެވެ. ގަންނަ ކޮންމެ އެއްޗެއްގެވެސް 10 ޕަސެންޓް ދެން ވިޔަފާރި ކުރާ ފަހަރެއްގައި ބޭނުން ކުރެވޭނެއެވެ.

[caption id="attachment_50230" align="alignnone" width="1024"] އަޝްޖައު ޝަހީދު: އިލާލާއިން އީދަށް ގެނެސްފައިވާ ތަކެއްޗާ ގުޅޭ ގޮތުން ވާހަކަ ދެއްކި-- ހަތާވީސް ފޮޓޯ[/caption]