ކ. ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ކާމިޔާބުވުން ފެނިގެންދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެއަށް ގެންނަވާ ތަރައްގީ ރައްޔިތުން ލޯބިން ބަލައިގަންނަ މިންވަރު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއެވެ.
ރައީސް ސޯލިހު އާއި ޝާޒް ޓެގް ކުރައްވައި ތަހުނިޔާ ކިޔުއްވަމުން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެންނަމުން މިދަނީ ރައްޔިތުން މިސަރުކާރު ބަލައިގަންނަ މިންވަރު ކަމަށެވެ.
"މިފެންނަމުންދަނީ، މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެ މާލިމީކަމުގައި ރާއްޖެއަށް ލިބެމުންދާ ތަރައްޤީ ރައްޔިތުންލޯބިން ބަލައި ގަންނަމުންދާތަން" ޝާހިދު ލިޔުއްވެވިއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ޝާޒު ކާމިޔާބު ކުރެއްވީ 50 ޕަސެންޓުންނެވެ. އެއީ އޭނާއާ އެންމެ ވާދަވެރި ޕީޕީއެމްގެ ކެންޑިޑޭޓާ އަޅާބަލާއިރު 113 ވޯޓުގެ ތަފާތުންނެވެ.
އިންތިހާބުގައި ޝާޒުއާ ވާދަކުރެއްވީ ޕީޕީއެމްގެ ފަރާތުން ހުސައިން ރިޒާ އައި އެމްއެންޕީގެ ފަރާތުން އަލީ އަރީފެވެ. މިއީ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުނު ފުރަތަމަ ފަހަރެވެ. ފާއިތުވި ތިން ދައުރުގައި ވެސް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އިބްރާހިމް ރިޒާއެވެ. ދާއިރާގެ ބައި އިލެކްޝަން ބާއްވާފައި މިވަނީ ކެންސަރުގެ އާލާސްކަންފުޅެއްގައި ރިޒާ އަވަހާރަވުމާއި ގުޅިގެންނެވެ.
ޝާޒު އަށް މަރުހަބާ ދެންނެވުމުގެ ގޮތުން ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އިންތިހާބުން ހާމަވެގެން ދިޔައީ ސަރުކާރާއެކު ގުރައިދޫ ދާއިރާގެ ރައްޔިތުން ތިބިކަން ކަމަށެވެ.
”ފުރަތަމަ ފަހަރަށް މިދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވަމަކީ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއް،” ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވި ގޮތުގައި އެމްޑީޕީ ތެރެއިން ބަޔަކު ވަކިވެނަގެން ދެކޮޅަށް މަސައްކަތްކުރިޔަސް ރައްޔިތުން ތިބީ ސަރުކާރާ އެކު ކަމަށް ނަތިއްޖާއިން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި