އެމްޑީޕީ ތެރެއިން ބަޔަކު ވަކިވެނަގެން ދެކޮޅަށް މަސައްކަތްކުރިޔަސް ރައްޔިތުން ތިބީ ސަރުކާރާ އެކު ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު އެހެން ވިދާޅުވީ ކ. ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް ގޮނޑި އެމްޑީޕީ އަށް ކާމިޔާބު ކުރުމާ ގުޅިގެން ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައެވެ.

https://twitter.com/dhonkolhu/status/1647609054678880257?s=46&t=xapWNGbbfBd0uN9xb5fzNA

ގުރައިދޫ ދާއިރާގެ ގޮނޑި އިބްރާހިމް ޝާޒު ކާމިޔާބު ކުރެއްވީ 50 ޕަސެންޓުންނެވެ. އެއީ އޭނާއާ އެންމެ ވާދަވެރި ޕީޕީއެމްގެ ކެންޑިޑޭޓާ އަޅާބަލާއިރު 113 ވޯޓުގެ ތަފާތުންނެވެ.

އިންތިހާބުގައި ޝާޒުއާ ވާދަކުރެއްވީ ޕީޕީއެމްގެ ފަރާތުން ހުސައިން ރިޒާ އައި އެމްއެންޕީގެ ފަރާތުން އަލީ އަރީފެވެ. މިއީ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުނު ފުރަތަމަ ފަހަރެވެ. ފާއިތުވި ތިން ދައުރުގައި ވެސް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އިބްރާހިމް ރިޒާއެވެ. ދާއިރާގެ ބައި އިލެކްޝަން ބާއްވާފައި މިވަނީ ކެންސަރުގެ އާލާސްކަންފުޅެއްގައި ގާނޫނީ ވަކީލުކަން ވެސް ކުރެއްވި އަލީ ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީ ތެރޭގައި ދެބަސްވުން އޮތުމުގެ ސަބަބުން އެމްޑީޕީ ހަލާކުވެގެން ދިޔައީ ކަމަށް ބަޔަކަށް ހީވި ކަމަށް ވިޔަސް ނަތިއްޖާ އިން ހާމަވީ އެމްޑީޕީ އޮތީ ވަރުގަދަ ކޮށް ކަމަށެވެ.

"އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުން އޮވެ އަދު އެމްޑީޕީގެ އިސް ސަފުގައި ތިބި ބައެއް ބޭފުޅުން މި ގަޮނޑި އެމްޑީޕީއަށް ނުލިބުމަށް ކުރި މަސައްކަތާއެކުވެސް އަޅުގަނޑުމެންނަށް އެކަނި މި ގޮނޑި ކާމިޔާބުކުރެވުމަކީ ވަރަށް ވަރުގަދަ ސިގްނަލެއް. ރައްޔިތުން ތިބި ގޮތް ވަރަށް ސާފު" ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް އިޝާރާތް ކުރައްވާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އާއްމު ރައްޔިތުން ތިބީ ސަރުކާރުން ގެންނަ ބަދަލުތައް ބަލައިގަނެ ސަރުކާރާ އެކު ކަމަށް ކަމަށެވެ.