ފައިސާގެ އެއްވެސް މުއާމަލާތެއް ކުރުމަކަށް އާބަންކޯ އިން ލިންކެއް ނުފޮނުވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެ ކޯޕަރޭޝަން އިން ބުނީ އެ ކޯޕަރޭޝަންގެ ނަމުގައި ސްކޭމް ކޯލްތަކާއި ޝައްކުކުރެވޭ ލިންކުތައް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
“އާބަންކޯގެ ފަރާތުން މިފަދަ އެއްވެސް މުއާމަލާތެއް ނުކުރާނެކަން ހަނދުމަކޮށް އަރުވަން،” އެ ކޯޕަރޭޝަން އިން ބުންޏެވެ.
އާބަންކޯ އިން ބުނީ އެފަދަ މެސެޖްތަކާއި ލިންކުތަކަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކުރާ ކަމަށެވެ.
އާބަންކޯގެ ނަމުގައި އާއްމުކޮށް ގުޅާ މެސެޖު ކުރަނީ އެ ކޯޕަރޭޝަނުގެ ފަރާތުން ދޫކުރާ ފްލެޓުތަކުން ފްލެޓެއް ލިބި، އެ ފްލެޓަށް ފައިސާ ދެއްކުމަށް ކަމަށް ބުނެއެވެ. މިފަދައިން ގުޅި ބައެއް ފަރާތްތަކުގެ އަތުން މަކަރާ ހީލަތުން ފައިސާ އަތުލާފައި އެބަހުއްޓެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން