މިއަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މޫސުން ތަންދޭނަމަ މާލޭގައި ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނެ ކަމަށެވެ.
ބޮޑު ޖަމާޢަތުގައި އީދު ނަމާދުކުރަން ހަމަޖެހިފައިވާ ތަންތަން:
- މާލެ/މާފަންނު ސްޓޭޑިއަމްގައި
- މާލެ/އިސްލާމީ މަރުކަޒާއި މައިދާން ސަރަޙައްދު
- މާލެ/މަސްޖިލް މަލިކި ސަލްމާން މިސްކިތާއި މާބްލް ސަރަޙައްދު
- ހުޅުމާލެ ފޭސް 1/ހުޅުމާލެ ސިންތެޓިކް ޓްރެކް
- ހުޅުމާލެ ފޭސް 2/ކްރިކެޓް ސްޓޭޑިއަމް (H16 އާ ދިމާލަށް އޮންނަ ސަރަޙައްދު)
- ވިލިމާލެ/ފުޓްބޯޅަ ދަނޑު
ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަންނުދޭނަމަ ހުކުރުކުރާ ހުރިހާ މިސްކިތެއްގައިވެސް އީދު ނަމާދުކުރާނެއެވެ.
އީދު
ނަމާދު ކުރުމަށްދާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
ކޮންމެ ބޭފުޅަކުވެސް ގެއިން ވުޟޫކޮށްގެން އައުން
އަމިއްލަ މުޞައްލައެއް ގެނައުން
އަމިއްލަ ފެންފުޅިއެއް ގެނައުން
ފައިވާންލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެނައުން
ކަލަންޑަރުގައިވާ ގޮތުގައި މިއަހަރުގެ ފިތުރު އީދު ދުވަހަކީ މިމަހުގެ 21ވާ ހުކުރު ދުވަހެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި