ކުރިއަށް އޮތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ރ. އަލިފުށީ މަގުތަކުގައި ތާރު އަޅައި ނިންމަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަސައްކަތް އާރްޑީސީއާ ހަވާލުކުރީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ޕްލޭނިން މިނިސްޓްރީގައި ހަވާލު ކުރި މަސައްކަތުގެ އެއްބަސްވުމުގައި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ)އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އެ މަސައްކަތް ހަވާލުކުރީ 90.9 މިލިއަން ރުފިޔާއަށް ކަމަށެވެ. މަސައްކަތް ނިންމަންޖެހޭނީ އެއް އަހަރާއި ހަ މަހުން ނުވަތަ ދޮޅު އަހަރުން ކަމަށް އެއްބަސްވުމުގައި ބުނެފައިވެއެވެ. އެއީ 540 ދުވަހެވެ.
އެއްބަސްވުމުގައި ސޮއި ކުރި ރަސްމިއްޔާތުގައި އެ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ސަރުކާރުން އެންމެ ބޮޑު ޕްރޮޖެއްޓެއްގެ ގޮތުގައި އަލިފުށީގައި ހިންގަމުންދަނީ އެއާޕޯޓް އެޅުމުގެ މަސައްކަތެވެ. އެ މަސައްކަތް ކުރުމަށް ބިން ވެސް ވަނީ ހިއްކާފައެވެ. މީގެ އިތުރުން އެ ރަށުގައި ހޮސްޕިޓަލެއް އެޅުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި