ކ. ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް ގޮނޑި އެމްޑީޕީ އަށް ކާމިޔާބުވެގެން ދިޔުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާވު ކުރައްވާނެ ކަމުގެ ހެއްކެއް ކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރު ކަމަށް އިބްރާހިމް ޝާޒު ވިދާޅުވެއްޖެއެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ޝާޒު ކާމިޔާބު ކުރެއްވީ 50 ޕަސެންޓުންނެވެ. އެއީ އޭނާއާ އެންމެ ވާދަވެރި ޕީޕީއެމްގެ ކެންޑިޑޭޓާ އަޅާބަލާއިރު 113 ވޯޓުގެ ތަފާތުންނެވެ.

https://twitter.com/hathavees/status/1647305043941691392?s=46&t=xapWNGbbfBd0uN9xb5fzNA

އިންތިހާބުގައި ޝާޒުއާ ވާދަކުރެއްވީ ޕީޕީއެމްގެ ފަރާތުން ހުސައިން ރިޒާ އައި އެމްއެންޕީގެ ފަރާތުން އަލީ އަރީފެވެ. މިއީ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުނު ފުރަތަމަ ފަހަރެވެ. ފާއިތުވި ތިން ދައުރުގައި ވެސް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އިބްރާހިމް ރިޒާއެވެ. ދާއިރާގެ ބައި އިލެކްޝަން ބާއްވާފައި މިވަނީ ކެންސަރުގެ އާލާސްކަންފުޅެއްގައި ރިޒާ އަވަހާރަވުމާއި ގުޅިގެންނެވެ.

"މިއީ ގުރައިދޫ ދާއިރާގެ ތާރިހު ބަދަކޮށްލި ރެއެއް، މި ނަތިއްޖާ މިގޮތަށް ނިކުމެގެން މި ދިޔައީ އަޅުގަނޑަށް އެހީތެރިވެދިން އެންމެހާ ބޭފުޅުންގެ މަސައަކަތުން" މި ނޫހާ ވާހަކަ ދައްކަމުން ޝާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއަށް މި ލިބުނު ކާމިޔާބީ އަކީ ކުރިއަށް ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގުރައިދޫ ދާއިރާގެ އިތުރުން މުޅި ދިވެހިރާއްޖެ ބޮޑުތަނުން ނަގާނެ ކަމުގެ ހެއްކެއް ކަމަށެވެ.

"މަސައްކަތްކުރާނަން ރިޔާސީ އިންތިހާބުގައި ގުރައިދޫ ދާއިރާ ބޮޑު ތަނުން ރައީސް ސޯލިހަށް ކާމިޔާބު ކޮށްދޭން" ޝާޒް ވިދާޅުވިއެވެ. ޝާޒް ވިދާޅުވި ގޮތުގައި މަޖިލީހުގައި އޭނާ ކުރައްވާނެ އަމިއްލަ މަސައްކަތެއް ނެތެވެ.

"އެތާކު ކުރާނެ އަމިއްލަ މަސައްކަތެއް ނިއިންނާނެ. އަބަދުވެސް ހުންނާނީ ތިން ރަށުގެ ރައްޔިތުންނާ އެއްކޮށޭ. ރައްޔިތުންގެ ހިޔލާ މަޝްވަރާއާ އެކުވެޔޭ ކުރިޔަށް ދާނީ" ސަރުކާރުން ވެފައިހރުި ވައުދުތައް ފުއްދުމަށް މިރެއިން ފެށިގެން މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.