ވާދަވެރި އިންތިހާބަކަށްފަހު، ކ. ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި އެމްޑީޕީ ކެންޑިޑޭޓް އިބްރާހިމް ޝާޒު ކާމިޔާބު ކުރައްވައިފިއެވެ.

ޖުމްލަ ނަތީޖާ:

https://twitter.com/hathavees/status/1647267440869638146?s=20

މިހާތަނަށް އިއުލާނުކުރި ފޮށިތަކުގެ ތެރެއިން އެއް ފޮށި ފިޔަވާ ދެން ހުރި، ހުރިހާ ފޮއްޓަކުން ކުރި ހޯދާފައި ވަނީ ޝާޒުއެވެ.

މި އިންތިހާބުގައި ކ. ގުރައިދޫގައި ދެ ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. އެގޮތުން ގުރައިދޫގެ އެއް ނަންބަރު ވޯޓު ފޮށީގެ ނަތީޖާ ދައްކާ ގޮތުގައި ކެންޑިޑޭޓު ނަންބަރު އެކެއް، ޕީޕީއެމްގެ ކެންޑިޑޭޓު ހުސައިން ރިޒާ އަށް ލިބިފައި ވަނީ 219 ވޯޓެވެ. ކެންޑިޑޭޓު ނަންބަރު ދޭއް، އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް ޝާޒަށް ލިބިފައި ވަނީ 179 ވޯޓެވެ. ކެންޑިޑޭޓު ނަންބަރު ތިނެއް، އެމްއެންޕީގެ ކެންޑިޑޭޓު އަލީ އަރީފަށް ލިބުނީ 29 ވޯޓެވެ. އެއް ނަންބަރު ވޯޓު ފޮށިން 40 ވޯޓުގެ ތަފާތާއެކު ކުރީގައި އުޅުނީ ޕީޕީއެމްގެ ކެންޑިޑޭޓު ހުސައިން ރިޒާއެވެ.

https://twitter.com/hathavees/status/1647253172224679937?s=46&t=M9M5hUKhSMLW6TzFVtCYOQ

ގުރައިދޫގައި ބަހައްޓާފައިވާ ދެ ނަންބަރު ވޯޓު ފޮށީގެ ނަތީޖާ ދައްކާ ގޮތުގައި ކެންޑިޑޭޓު ނަންބަރު އެކެއް، ޕީޕީއެމްގެ ކެންޑިޑޭޓު ހުސައިން ރިޒާ އަށް ލިބިފައި ވަނީ 210 ވޯޓެވެ. ކެންޑިޑޭޓު ނަންބަރު ދޭއް، އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް ޝާޒަށް ލިބިފައި ވަނީ 240 ވޯޓެވެ. ކެންޑިޑޭޓު ނަންބަރު ތިނެއް، އެމްއެންޕީގެ ކެންޑިޑޭޓު އަލީ އަރީފަށް ލިބުނީ 20 ވޯޓެވެ. އެއް ނަންބަރު ވޯޓު ފޮށިން 30 ވޯޓުގެ ތަފާތާއެކު ކުރީގައި އުޅުނީ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް ޝާޒެވެ.

https://twitter.com/hathavees/status/1647252761187057665?s=46&t=M9M5hUKhSMLW6TzFVtCYOQ

ކ. މާފުށީގައި ބަހައްޓާފައިވާ ދެ ނަންބަރު ވޯޓު ފޮށީގެ ނަތީޖާ ދައްކާ ގޮތުގައި ކެންޑިޑޭޓު ނަންބަރު އެކެއް، ޕީޕީއެމްގެ ކެންޑިޑޭޓު ހުސައިން ރިޒާ އަށް ލިބިފައި ވަނީ 179 ވޯޓެވެ. ކެންޑިޑޭޓު ނަންބަރު ދޭއް، އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް ޝާޒަށް ލިބިފައި ވަނީ 196 ވޯޓެވެ. ކެންޑިޑޭޓު ނަންބަރު ތިނެއް، އެމްއެންޕީގެ ކެންޑިޑޭޓު އަލީ އަރީފަށް ލިބުނީ 24 ވޯޓެވެ. އެއް ނަންބަރު ވޯޓު ފޮށިން 17 ވޯޓުގެ ތަފާތާއެކު ކުރީގައި އުޅުނީ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް ޝާޒެވެ.

https://twitter.com/hathavees/status/1647253499447582722?s=46&t=M9M5hUKhSMLW6TzFVtCYOQ

https://twitter.com/hathavees/status/1647262474046160897?s=20

https://twitter.com/hathavees/status/1647262474046160897?s=20