މިއަދު ކުރިޔަށްދާ ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ ވޯޓު ގުނަން ފަށާނީ މިއަދު ވީއްލައިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި، ވޯޓުނެގުމަށް ހަމަޖެހިފައިވާ ވަގުތުގައި މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ވޯޓުލުމަށް މީހުން ނިކުތުމަށް ދަތިވެފައިވާ ކަމަށެވެ.
އެހެންކަމުން ވީހާވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ވޯޓުލުމުގެ ވަގުތު މިއަދު 17:00 ގެ ނިޔަލަށް އިތުރުކުރެވިފައިވާ ކަމަށް އިލެކްޝަންސް އިން ބުންޏެވެ.
“އަދި ވޯޓު ގުނަން ފަށާނީ ރޯދަ ވީއްލުމަށްފަހު ކަމަށާއި ގުނަން ފަށާގަޑި އެމަރުކަޒެއްގައި އިޢުލާންކުރާނެ ވާހަކަ ދަންނަވަމެވެ” އިއުލާނުގައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދުގެ 14:00ގައި ހާމަކުރި މައުލޫމާތުތަކުގައިވާ ގޮތުގައި ގުރައިދޫ ދާއިރާގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 3423 މީހުން ތިބިއިރު އެހާތަނަށް ވޯޓުލާފައި ވަނީ 1766 މީހުންނެވެ.
އެހެންކަމުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 50 ޕަސެންޓު މީހުން މިވަނީ ވޯޓު ލައިފައެވެ. ވޯޓުލާން ނުނިކުންނަ ނިސްބަތަކީ 48.41 ޕަސެންޓެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި