މިއަދު ކުރިޔަށްދާ ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވޯޓުފޮށި ބަންދު ކުރުމަށް ދޮޅުގަޑިއިރަށް ވެފައިވާއިރު މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 50 ޕަސެންޓު މީހުން ވޯޓު ލައިފިއެވެ.
މި އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 8:00ގައެވެ. މި ދާއިރާގެ ތިން ރަށް ކަމަށްވާ ގުރައިދޫ އާއި މާފުއްޓާއި އަދި ގުޅީގައި ވެސް އެއް ގަޑިއެއްގައި ވޯޓުލުން ވަނީ ފަށައިފައެވެ. ވޯޓުފޮށި ބަންދު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ 16:00ގައެވެ.
އެހެންނަމަވެސް ވޯޓުލާން ކިއުގައި މީހުން ތިބި ނަމަ ވޯޓުލުން ކުރިޔަށް ގެންދާނެއެވެ. އެކަމަކު ވޯޓު ގުނުން އޮންނާނީ ރޯދަ ވީއްލައިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

[caption id="attachment_50120" align="alignnone" width="1024"] ކ. ގުރައިދޫ ޒުވާނުންގެ މަރުކަޒުގައި ބަހައްޓާފައިވާ ފޮށްޓަށް މީހަކު ވޯޓުލަނީ-- ހަތާވިސް ފޮޓޯ/ ޙުސައިން ޙަސަން[/caption]

ގުރައިދޫ ދާއިރާގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 3423 މީހުން ތިބިއިރު މިހާތަނަށް ވޯޓުލާފައި ވަނީ 1766 މީހުންނެވެ. އެހެންކަމުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 50 ޕަސެންޓު މީހުން މިވަނީ ވޯޓު ލައިފައެވެ. ވޯޓުލާން ނުނިކުންނަ ނިސްބަތަކީ 48.41 ޕަސެންޓެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާ އިލެކްޝަން ކޮމިޝަނުން އިއުލާން ކުރީ އެ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު މެލޭޝިއާގައެވެ. އޭނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތީ، މަޖިލީހަށް ވަޑައިނުގަންނަވާތާ ގިނަ ދުވަސްތަކެއްވީ ފަހުންނެވެ.
https://twitter.com/ElectionsMv/status/1647171764974399488?s=20
މި ދާއިރާގެ ބައި އިލެކްޝަނުގައި ތިން ޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރެއެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްއެންޕީއެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރަނީ އިބްރާހީމް ޝާޒެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރަނީ ހުސައިން ރިޒާއެވެ. އަދި އެމްއެންޕީގެ ފަރާތުން ވާދަކުރަނީ އަލީ އަރީފެވެ.