ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ގޮނޑި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް ގެއްލުވާލުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ތުހުމަތުކުރައްވައިފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ފައްޔާޒު ކުރެއްވި މެސެޖެއްގައި ވިދާޅުވީ ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން އެމްޑީޕީ އަށް ގުރައިދޫގެ ގޮނޑި ގެއްލުވާލުމަށް އެ ދާއިރާގެ އެމްޑީޕީ މެންބަރުންނަށް ގުޅާ ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް ކުރަމުންދާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
“ރިޔާސީ ޓިކެޓާއި ގުޅިގެން އުފެދިފައިވާ ތުންފިއްތުން މިހާރު މުޅިން އެހެން ހިސާބަކަށް ގޮސް ގަސްތުގައި ޕާޓީ ފުނޑުފުނޑު ކޮށްލަން ކުރާ މަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބުވިޔަކަނުދޭނަން،” ފައްޔާޒު ވިދާޅުވިއެވެ.
އޭނާގެ މެސެޖު ނިންމާލައްވަމުން ވިދާޅުވީ އިހުތިރާމު ކުރުމުގެ ގޮތުން ބެލޭނީ ވަކި ވަރަކަށް ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިން ރައީސް ނަޝީދު ނާކާމިޔާބުވުމާއެކު އެމަނިކުފާނު އަންނަނީ “ފިކުރެއްގެ ދިރުން” ނަމުގައި ވަކި ހަރަކާތެއް ހިންގަމުންނެވެ.
ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމާއި ގުޅިގެން، އެ ދާއިރާގެ މަޖިލިސް ބައި އިލެކްޝަންގެ ވޯޓު މާދަމާ އޮންނާނެއެވެ. އެމްޑީޕީގެ ފަރާތުން އިބްރާހީމް ޝާޒު ވާދަކުރައްވާއިރު ޕީޕީއެމް އިން ވާދަކުރައްވަނީ މަރްހޫމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާއެވެ. މި ދެޕާޓީގެ އިތުރުން އެމްއެންޕީގެ ފަރާތުން ވެސް ވާދަކުރެއެވެ. އެޕާޓީގެ ފަރާތުން ވާދަކުރައްވަނީ އަލީ އަރީފެވެ.
ޔަޒްމީދު އިސްތިއުފާ ދިނުމުން ޖޭއެސްސީއަށް ރައީސްގެ އާ ބޭފުޅަކު
ވަޔާ ކަނޑުތައް ގަދަވުމުން ޔެލޯ އެލާޓު ނެރެފި
ތިން ރައީސުންގެ މަންދޫބުން ނިންމެވީ ޕާޓީތަކާ މަޝްވަރާކުރަން
ޑައިވިނަށް ދިޔަ ހަތަރު ޓޫރިސްޓުންގެ ހަށިގަނޑު ފެނިއްޖެ
ތިން ރައީސުންގެ ފަރާތުން މަންދޫބުން ކަނޑައަޅައިފި