ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގުރައިދޫ ދާއިރާ އަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށާއި އެހެންނަމަވެސް، އަދިވެސް އެ ދާއިރާ އަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށް ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް ޝާޒު ވިދާޅުވެއްޖެއެވެ.

"ހަތާވީސް" އަށް ދެއްވި އިންޓަވިއުއެއްގައި ޝާޒު ވިދާޅުވީ ރައްޔިތުންގެ އުއްމީދުތަކާއި ބޭނުންވާ ކަންތައްތައް ފުރިހަމަ ކުރުމަށްޓަކައި ސަރުކާރާއި ގުޅިގެން ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ޝާޒު ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރާއި ގުޅިގެން ރައްޔިތުން އެދޭ ކަންކަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ކެންޑިޑޭޓެއް އިނުމަކީ ކޮންމެހެން ވެސް މުހިއްމު ކަމެއް ކަމަށް ޝާޒު ފާހަގަކުރެއްވިއެވެ.

https://twitter.com/hathavees/status/1646842116944044032?s=46&t=xapWNGbbfBd0uN9xb5fzNA

"އަޅުގަނޑުމެންނަށް ރައްޔިތުންނާއި ބައްދަލުވެ، ވާހަކަދައްކާލީމަ މި އެނގެނީ ރައްޔިތުންގެ އިހުސާސްތައް މި އެނގެނީ އަދި އަޅުގަނޑުމެން މި ވިސްނާ ވިސްނުމަށްވުރެ އަދި މާ ކުރީގައިކަން މި ހުންނަނީ. އެހެންވީމަ މިކަންތައްތައް އަވަސް ކުރުމަށްޓަކައި ސަރުކާރާއި ގުޅޭ ކެންޑިޑޭޓަކު މިވަގުތު އިނުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް މުހިއްމު ކަމެއް،" ޝާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ މެންބަރަކު ރައްޔިތުން މަޖިލީހުގައި ހުންނަވައިފި ނަމަ ރައްޔިތުން ބޭނުންވާ ކަންކަން އެ ބޭނުންވާ ބާރު މިނެއްގައި ސަރުކާރާ ގުޅިގެން ކުރެވޭނެ ކަމަށެވެ.
ސަރުކާރުން ގުރައިދޫ ދާއިރާ އަށް ކޮށްދީފައިވާ މަސައްކަތް:

ގުރައިދޫ ބިން ހިއްކުން
މާފުށި ބިން ހިއްކުން
މާފުއްޓާ ވަކިން ޕިކްނިކް އައިލެންޑެއް
މާފުށީ ފުޓުބޯޅަ ދަނޑެއް
މާފުށްޓަށް ޖިމެއް
މާފުށީ ސިއްހީ މަރުކަޒަށް ހާއްސަ ބަލިތަކުގެ ޑޮކްޓަރުން ހަމަޖެއްސުން