ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ރާއްޖެ އެތެރެވާން އުޅުނު އިންޑިއާގެ ރައްޔިތަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ކަސްޓަމްސް އިން މިއަދު ބުނީ އެ މީހާ ރާއްޖެ އެތެރެވާން އުޅުނީ ފަސް ކިލޯގެ މަސްތުވާތަކެއްޗާއެކު ކަމަށެވެ.
ކަސްޓަމްސް އިން ބުނީ އެމީހާ އަކީ މިމަހުގެ 12ވަނަ ދުވަހު އިތިއޯޕިއާ އިން ރާއްޖެ އައި މީހެއް ކަމަށެވެ.
އެމީހާ ބަލައި ފާސް ކުރުމުގެ ތެރޭގައި އޭނާގެ އަތް ދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބާވަތެއް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އަދި ބުނީ އޭނާގެ ލަގެޖުގެ ތެރެއިންވެސް މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭ ބާވައްތައް ފެނިފައިވާ ކަމަށެވެ.
އޭނާ އަތް ދަބަހުގެ ތެރެއިން ފެނުނު ބާވަތްތައް ޓެސްޓު ކުރިއިރު މަސްތުވާއެއްޗެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އަތް ދަބަސްތެރެއިން 1.180 ކިލޯގެ ކޮކެއިން ފެނުނު ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އޭނާގެ ލަގެޖުން ފެނުނު ތަކެތި ޓެސްޓު ކުރިއިރު ހެރޮއިންއަށް ވަނީ ޕޮޒިޓިވްވިއިރު ލަގެޖުން 4.2 ކިލޯގެ ހެރޮއިން ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އެހެންކަމުން އެނާގެ އަތުން ޖުމްލަ 5.380 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
މިތަކެތީގެ މަގުމަތީ އަގު 9 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.
މިމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނާއި ވަނީ ހަވާލު ކޮށްފައެވެ. އަތުލައިގެން މަސްތުވާތަކެއްޗާއެކު އެމީހާ ވެސް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި