ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް ނުވަތަ ތިލަމާލެ ބްރިޖު ތަނބުތަކުގައި އަޅާ ޝީޓުތައް ތައްޔާރު ކުރުމުގެ މަސައްކަތް، އެ މަޝްރޫއު ކުރިޔަށް ގެންދާ ކުންފުނިން ފަށައިފިއެވެ.
ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ބްރިޖުގެ ޑެކްގެ ސެގްމަންޓް ޔުނިޓްސްތައް ޕްރީ ކާސްޓް ކުރުމުގެ މަސައްކަތް ގުޅިފަޅު ކާސްޓިން ޔާޑްގައި ފަށާފައިވާ ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ. މިހާރު މަސައްކަތްތައް ފަށާފައިވާ ޝީޓުތަކަކީ ބްރިޖްގެ ތަނބުތަކުގެ މަތީގައި އަތުރާލާ ޝީޓުތަކެކެވެ.
https://twitter.com/MoNPHImv/status/1646444776101920768?s=20
އިންޑިއާ ހިލޭ އެހީ އަދި ކްރެޑިޓް އޮފް ލައިންގެ ދަށުން ހަދާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޗެކްޓް (ޖީއެމްޕީސީ)ގެ މަސައްކަތް ކުރިޔަށް ގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.
މި މަސައްކަތުގެ ދަށުން މާލޭ ކޮޅުން އެއްގަމުގައި ޖުމްލަ އަށް ތަނބެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މޫދުގައި ތަނބު ޖަހާނީ ވަގުތީ ފާލަމެއް އަޅައިގެންނެވެ. މި މަޝްރޫއުގެ ދަށުން މާލެއިން ވިލިމާލެއާ އަދި ގުޅީފަޅާ ހަމައަށް ބްރިޖު ދާއިރު ގާތްގަނޑަކަށް 50 ތަނބެއް ލެވަލްތަކުގައި ޖަހާނެއެވެ.
[caption id="attachment_50017" align="alignnone" width="1600"] ބްރިޖު ތަނބުތަކުގައި އަޅާ ޝީޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ / ހައުސިން މިނިސްޓްރީ[/caption]
މި މަޝްރޫއުގެ ދަށުން ހައެއް ޕޮއިންޓު ހަތަރެއް ހަތެއް ކިލޯ މީޓަރު ދިގު ބްރިޖް އަދި ކޯސްވޭ އިން މާލެ އާއި ވިލިނގިލި ،ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެއެވެ. 100 މިލިއަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޗެކްޓް އަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޗެކްޓު ކަމަށް ސަރުކާރުން ވަނީ މީގެކުރިން ހާމަކޮށްފައެވެ.
ހައެއް ޕޮއިންޓު ހަތެއް ކިލޯ މީޓަރު ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުންފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއާޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.