މިދިޔަ މަހު ވެސް ރާއްޖެ އިން ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު ފެބްރުއަރީ މަހަށްވުރެ އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ މިހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު މާޗު މަހު ޑެންގީހުން ޖެހިގެން ރިޕޯޓު ކުރެވުނު އަދަދު އިތުރު ވެފައިވާ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ މިއަހަރުގެ ފެބްރުއަރީ މަހު ޑެންގީހުން ޖެހިގެން 146 މީހަކު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ނަމަވެސް މާޗު މަހު އެ އަދަދު ދަށަކަށް ނުދެއެވެ. އެގޮތުން އެ މަހު 169 މީހަކަށް ޑެންގީހުން ޖެހިގެން ރިޕޯޓުކުރިއެވެ.
އެހެންކަމުން ޑެންގީހުން ފަދަ މަދިރީގެ ޒަރީއާ އިން ފެތުރޭ ބަލިތައް މަދުކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިިނުމަކީ މުހިއްމު ކަމެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ބުނީ މިއަހަރުގެ ފެބުރުވަރީ މަހާ އަޅާބަލާއިރު މާޗު މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކުރެވުނު އަދަދު އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން އެޗްޕީއޭ ބުނީ މިއަހަރުގެ ފެބްރުއަރީ މަހު ރޯގާ ޖެހިގެން 30628 މީހަކު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި ނިމިދޮޔަ މާޗު މަހު ރޯގާ ޖެހިގެން 37969 މީހަކު ރިޕޯޓު ކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ކޮރަޕްޝަނާ ދެކޮޅު ޒަރިޔަންދު، ޔާމީންގެ ޕާޓީގެ ޓިކެޓުގައި މޭޔަރު ކަމަށް
ލިލީ އިން އަނެއްކާ ވެސް އޮލިމްޕަހަށް
މީދާ މަދުކުރުމުގެ ހަރަކާތް ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިފި
ދޯންޏެއްގައި އެކަނި ދަނިކޮށް ދިޔަވެ އަޑިއަށް، ސަލާމަތް ކުރީ ފުލުހުން
ސިޓީ ޕާކް މިމަހު ނިޔަލަށް ނިންމަން މިދަނީ މަސައްކަތް ކުރަމުން: އާޒިމް
އުންމީދަކީ އުފާވާ ޖަވާބުތަކެއް ސަރުކާރުން ލިބިގެންދިއުން: އިމްރާން