ކޮވިޑް19 އާއި އަރިދަފުސް ރޯގާ އިތުރުވަމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެދިއްޖެއެވެ.
އެގޮތުން އެޗްޕީއޭ އިން ބުނީ ރޯގާޖެހި ދިގުލާނަމަ އަދި ބަލީގެ ހާލަތު ގޯސްވެދާނެ ފަރާތްތަކުން ވީހާވެސް އަވަހަށް ސިއްހީ ފަރުވާ ހޯދަން އެދޭ ކަމަށެވެ.
އަދި ރޯގާ މާ ގަދައަށް ހުރި ނަމަ މާސްކު އެޅުމަށްވެސް އިލްތިމާސްކުރިއެވެ. މީގެއިތުރުން އާއްމު ތަންތަނުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުމަށާއި ބަލީގެ އަލާމާތްތައް ހުރި ނަމަ ގިނަ މީހުން އެއްވާ ތަންތަނަށް ނުދިއުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
ކޮވިޑް ފެތުރެމުން އަންނާތީ ސައިބޯނިލައިގެން ގިނަ ގިނައިން އަތް ދޮވުމަށާއި ސެނެޓައިޒު ކުރުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
ބަލިޖެހުމުގެ ފުރުސަތު ބޮޑު މީހުން ގިނައިން މީހުން އެއްވާ ތަންތަނަށް ނުދިއުމަށާއި އަދި އެފަދައިން ތަނަކަށް ދާ ނަމަވެސް މާސްކު އެޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 2ވަނަ ދުވަހުން 8ވަނަ ދުވަހާއި ހަމައަށް 84 މީހަކަށް ކޮވިޑް ވަނީ ޖެހިފައެވެ. އެންމެ ގިނައިން ޖެހިފައި ވަނީ މާލެ ސަރަހައްދުންނެވެ. އެއީ 73 މީހުންނަށެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި