ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރުގެ ނަން، މަޖިލީހުގެ ރިޔާސަތުން އިއްވައިފިއެވެ.
މިއަދުގެ ޖަލްސާގައި ޖާބިރުގެ އެ އަމަލުތައް ފެށިގެން ދިޔައީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވާހަކަދައްކަވަމުން ދަނިކޮށް ނެންގެވި ނިޒާމީ ނުކުތާއާއެކުއެވެ.
ނަމަވެސް ރިޔާސަތުގައި އިންނެވި ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ޖާބިރަކަށް އެ ފުރުސަތެއް ނުދެއްވިއެވެ. އެއީ އަނދުން ހުސައިން އަށް ފަހު ދެން ވާހަކަދެއްކުން އޮތީ ޖާބިރަށް ކަމަށް ވާތީއެވެ. އަދި އެވަގުތު މަޖިލީހުގެ ނިޒާމު ގެއްލޭވަރުގެ ކަމެއްވެސް ނުހިނގާތީއެވެ.
އެ ފުރުސަތު ނުދެއްވުމުން ޖާބިރު ދެން ފެއްޓެވީ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އަށް ފާޑު ވިދާޅުވުމަށެވެ. އެގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ބަލިވުމަކީ ރައްޔިތުން ނާކާމިޔާބުވާން ޖެހޭ ސަބަބެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަޖިލިސް ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވުމަށް ގޮވާލެއްވިއެވެ.
އެހެންކަމުން ޖާބިރުގެ ވާހަކަތައް ރިޔާސަތުން ހުއްޓުވިއެވެ. އަދި އެއްވެސް މެންބަރަކާއި ދިމާލަށް އެފަދަ ބަސްތައް ބޭނުން ނުކުރެވޭނެ ކަމަށް ރިޔާސަތުން ދެންނެވިއެވެ.
ޖާބިރުގެ ނަން އިއްވަން ޖެހުނީ މަޖިލީހުގައި އެވަގުތު މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވާހަކަދައްކަވަމުން ގެންދަވަނިކޮށް އޭނާގެ ވާހަކައަށް ހުރަސް އަަޅާ ބޮންޑޭގެ މޭޒުގައި ހުރި މަޖިލީހުގެ ސިސްޓަމްތައް ބިންމައްޗަށް ވައްޓާލުމުންނެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން