ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީން ހަމަސް ތެރޭގައި 53 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ އެ އަމުރު ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މިއަދު ވަނީ އެ މައްސަލާގައި ގޮތެއް ނިންމައިފައެވެ.
އެގޮތުން ކްރިމިނަލް ކޯޓުން އެ އަމުރު ނެރެފައި ވަނީ އާރަށު މައްސަލާގައި ޔާމީނަށް ހުކުމްކުރި ފަހުންކަން ހައިކޯޓުން ވަނީ ފާހަގަކޮށްފައެވެ.
ހައިކޯޓުން ވަނީ ހުކުމުގެ ފަހުން ނެރުނު އަމުރެއްގެ ދަށުން އެފައިސާ ދައްކަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެފައެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގެ އެ އަމުރު ބާތިލްކުރީއެވެ.
އާރަށު މައްސަލާގައި ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިން ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ 11 އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25ވަނަ ދުވަހު ވަނީ ހުކުމްކޮށްފައެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި