ވިސާގެ މައްސަލަ ދިމާވެ ރަމަޟާން މަހުގެ އުމްރާ އަށް ދިއުމުގެ ދަތިތަކާއި ދިމާވެފައިވާ ސަފާ ގްރޫޕްގެ އުމްރާވެރިން، އުމްރާގެ އަޅުކަން އަދާ ކުރުމަށް ފުރައިފިއެވެ.
ސަފާގެ ހަވާލުގައި އުމްރާ އަށް ދާ މީހުން، ދަތުރު ކުރުމަށް ސަފާ ގްރޫޕުން ވަނީ ސައުދީގެ ފްލައިޓެއް ޗާޓަރުކޮށްފައެވެ.
އެ ގްރޫޕުގެ ހަވާލުގައި 182 މީހަކު އުމްރާގެ އަޅުކަން އަދާ ކުރުމަށް ފުރާނެއެވެ.
ސަފާ ގްރޫޕުގެ އުމްރާވެރިންނަށް ވިސާ ހަމަނުޖެހޭކަން އެނގުނުއިރު އުމްރާވެެރިންގެ ތެރެއިން ގިނަ ބަޔަކު ތިބީ އެއާޕޯޓަށް ދިއުމަށް ތައްޔާރުވެފައެވެ. އަދި ބައެއް މީހުން، އެމީހުންގެ ލަގެޖުތައް އެއާޕޯޓަށް ވެސް ވަނީ ގެންގޮސްފައެވެ.
އެ މައްސަލާގައި ސަފާ ގްރޫޕަށް ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވިއެވެ. އަދި އެކަން ހިނގާދިޔަ ގޮތް އިސްލާމިކް މިނިސްޓްރީން ބެލިއެވެ.
އެގޮތުން އެ މައްސަލާގައި، ސަފާ އިން އަމަލުކުރަމުންދާ ގޮތް އެ މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އަދި އުސޫލުގެ ތެރެއިން އެކަމުގައި އެޅެންހުރި ހުރިހާ ފިޔަވަޅެއް އެ ގްރޫޕަށް އަޅާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން