ދިޔަ ފެބްރުއަރީ މަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 91.8 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ ފެބްރުއަރީ މަހުގެ ގްރީން ފަންޑުގެ ރިޕޯޓުގައި ބުނެފައި ވަނީ ރިސޯޓު އަދި ގެސްޓުހައުސް ފަދަ ތަންތަނުން 89.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ސަފާރީ ފަދަ އުޅަނދު ފަހަރުތަކުން 2.2 މިލިއަން ރުފިޔާ ލިބިފައިވާއިރު ހޯމްސްޓޭ ފަތުރުވެރިކަމުން ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.
އެ ރިޕޯޓުން ދައްކާ ގޮތުގައި އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައި ކ.އަތޮޅުންނެވެ. އެއީ 35.1 މިލިއަން ރުފިޔާއެވެ. ދެވަނަ އަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައި ވަނީ ރ. އަތޮޅުންނެވެ. އެއީ 7.4 މިލިއަން ރުފިޔާއެވެ. ތިންވަނަ އަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވާ އދ. އަތޮޅުން ލިބިފައި ވަނީ ހަތް މިލިއަން ރުފިޔާއެވެ.
ދެހާސް ފަނަރަވަނަ އަހަރުން ފެށިގެން ގްރީން ޓެކުހުގެ ގޮތުގައި ޓެކުހެއް ނަގަން ފެށިއެވެ. ނަމަވެސް އެއީ ރިސޯޓުތަކުންނެވެ. އެގޮތުން ރިސޯޓަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ރެއަކާ ދުވާލަށް ހަ ޑޮލަރު ނަގައެވެ. ނަމަވެސް ގެސްޓު ހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުސް ނަގަން ފެށީ 2016ވަނަ އަހަރުގެ ތެރޭގައެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން އަތުން ރެއަކާ ދުވާލަށް ނަގަނީ ތިން ޑޮލަރެވެ
ކުޑަ ހައިމާކަކުން ކުރެންދޫ ފަޅު ފުންކުރާތީ ޔާމީން ފާޑުވިދާޅުވެއްޖެ
އަންނަ އަހަރުގެ ބަޖެޓުން ބާކީ ހުރި ވައުދުތައް ފުއްދޭނެ: ރައީސް
މީޑިއާ ކޮންޓްރޯލް ކޮމިޝަންގެ ރައީސަކަށް ފަރުޝަތު
ވެލާނާ އެއާޕޯޓުން ޑޮލަރުތައް ފޭރުނު މައްސަލާގައި ބަޔަކު ހައްޔަރަށް
ރިޒާ އިސްތިއުފާ ދެއްވުމުން، ހުސްނީ ޖޭއެސްސީގެ މެމްބަރުކަމަށް
އައްޑޫ ބްރިޖްގެ ކޮންސަލްޓަންސީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި