ކ. މާފުށި އަކީ މި ސަރުކާރުން ހާއްސަ ސަމާލުކަމެއްދީގެން ބަދަލުތަކެއް ގެންނާނެ ރަށެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އިބްރާހީމް ޝާޒުގެ ކެމްޕެއިނުގައި ކ. މާފުށި އަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެރަށަށް ބޭނުންވާ ބަދަލުތައް ގެެނެވޭނީ ސަރުކާރާއެކު މަސައްކަތްކުރާނެ މެމްބަރަކު ހޮވައިގެން ކަމަށެވެ. އެހެންވެ ޝާޒް ހޮވައިދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މާފުއްޓަކީ އެތައް ގޮތަކުން ހާއްސަ ރަށެކެވެ. އެއް ރަށަކުން އެންމެ ބޮޑު އާމްދަނީ އެއް ދައުލަތަށް ލިބެނީ މާފުށިންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުގެ މަގްސަދަކަށްވާން ވާނީ އެ ރަށުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމާއި އެކު ފަސޭހަ ގޮތްތައް ހޯދައި ދިނުން ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ މާފުށީގެ ނަރުދަމާ ނިޒާމުގެ މައްސަލައާއި މަގުތަކުގެ މައްސަލަ އާއި ދަތުރުފަތުރުގެ ނިޒާމުގެ އިތުރުން ބަނދަރުގެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަމާއި ހަވާލުވަވަޑައިގެންނެވިއިރު އެ ރަށުގެ ސިއްހީ މަރުކަޒުން ދެމުން އަދި މަދު ހިދުމަތްތަކެެކެވެ. ނަމަވެސް މިހާރު ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށާއި ކުރިއަށް އޮތީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތަށް ބޭނުންވާ ބަޖެޓް ހަމަޖެއްސުމަށް ޕްލޭނިން މިނިސްޓްރީގައި އެދިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި