ސިނަމާލެ ބްރިޖުމަތީގައި ރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އެކަކަަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ރޭ ބުނީ ބްރިޖު މާލެ ޓްރެފިކް ލައިޓުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ފަހަތުން އައި ސައިކަލެއް ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމުގެ މައުލޫމާތު މިރޭ 23:33 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުނެއެވެ. އެއީ 47 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެނެއްގެ އިތުރުން 43 އަހަރުގެ ފިރިހެނެކެވެ.
މި މީހުންގެ ތެރެއިން 43 އަހަރުގެ މީހާ އަށް އައިޖީއެމްޗުގައި ފަރުވާ ދެމުން އަންނައިރު ދެން ތިބި މީހުންނަށް ސެނެހިޔާ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
އައިޖީއެމްއެޗުން މިއަދު "ހަތާވީސް" އަށް ބުނީ އެ ހޮސްޕިޓަލަށް ގެނައި މީހާ އަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
މިއަހަރުގެ ރަމަޟާން މަހު ބްރިޖުމަތީގައި ހިނގާ އެކްސިޑެންޓުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހާއްސަކޮށް ކާރުބާރު ބޮޑުވާ ވަގުތުތަކުގައި އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުކަން ފުލުހުން ވެސް ވަނީ ފާހަގަކޮށްފައެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި