ސަފާރީއެއްގައި ފަތުރުވެރިއަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގެ ދައުވާ އުފުލާފައިވާ ފަރާތުގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.
އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ އެންމެ މީހެއްގެ މައްޗަށެވެ. ދައުވާ ކޮށްފައި ވަނީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުގެ ފިރިކަލުންނަށެވެ.
ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުން ބެލި އެ މައްސަލަ ބޭރު ކޮށްލާފައި ވަނީ މިދިޔަ މަސް ތެރޭގައި ކަމަށްވެއެވެ. އެ މައްސަލަ ކޯޓުން ބޭރުކޮށްލީ އެކަށީގެންވާ މިންވަރަށް ހެކި ނެތް ކަމަށް ބުނެއެވެ.
މި މައްސަލަ ފެންމަތިވީ 2020ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ފުލުހުން އޭރު ބުނީ 2020ވަނަ އަހަރުގެ ޖޫން މަހުގެ 25ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ހުޅުމާލޭ ފަޅު ތެރޭގައި އަޅާފައި އޮތް ސަފާރީއެއްގެ ތެރޭގައި ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރިކަމުގެ ރިޕޯޓު ލިބިގެން ފުލުހުން ހަރަކާތްތެރިވި ކަމަށެވެ.
ހަމަ އެ ރޭ ފުލުހުން ވަނީ އެ މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފައެވެ. ނަމަވެސް ފަހުން އެ ދެ މީހުން ދޫކޮށްލީއެވެ.
ޔަޒްމީދު އިސްތިއުފާ ދިނުމުން ޖޭއެސްސީއަށް ރައީސްގެ އާ ބޭފުޅަކު
ވަޔާ ކަނޑުތައް ގަދަވުމުން ޔެލޯ އެލާޓު ނެރެފި
ތިން ރައީސުންގެ މަންދޫބުން ނިންމެވީ ޕާޓީތަކާ މަޝްވަރާކުރަން
ޑައިވިނަށް ދިޔަ ހަތަރު ޓޫރިސްޓުންގެ ހަށިގަނޑު ފެނިއްޖެ
ތިން ރައީސުންގެ ފަރާތުން މަންދޫބުން ކަނޑައަޅައިފި