އައްޑޫ ސިޓީގައި ކުޑަ ކުއްޖަކަށް ހިމަބިހި ޖެހުމުން، އެކުއްޖާގެ ކޮންޓެކްޓުންގެ ގޮތުގައި 65 މީހަކު ފާހަގަކުރެވުނު ކަމަށާއި ނަމަވެސް އެއްވެސް މީހެއްގެ ގައިން ބަލީގެ އަލާމާތެއް ފެނިފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އައްޑޫ ސިޓީން ހިމަބިއްސަށް ދެ ކުއްޖަކު ޕޮޒިޓިވްވިއެވެ. މިމަހުގެ ތިންވަނަ ދުވަހު އެކަން ހާމަކޮށް އެޗްޕީއޭ އިން ބުނީ އިންފެކްޝަސް ޕީރިއަޑް ފަހަނަ އަޅާފައިވާތީ ދެކުދިންގެ ފަރާތުން އިތުރަށް ބަލި ފެތުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ.
އެހެންނަމަވެސް ކޮންޓެކްޓުން ދެނެގަތުމާއި، ބަލި ޖެހުނު ސަބަބު ދެނެގަތުމުގެ މަސައްކަތް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ކުރިޔަށް ގެންދިޔައެވެ.
އެގޮތުން އެޗްޕީއޭ އިން މިއަދު ބުނީ މިހާތަނަށް 65 މީހެއް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު ކަމަށެވެ. އެކަމަކު އެއްވެސް މީހެއްގެ ގައިން ބަލީގެ އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ. އަދި ބުނީ ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިފައިވާ ހުރިހާ ފަރާތްތަކަކީވެސް ހިމަބިހި ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތައް ކަމަށެވެ.
އެ އެޖެންސީން ބުނީ ކޮމިއުނިޓީ ސާވޭގެ ތެރެއިން 41 މީހެއްގެ މަައުލޫމާތު ސާފު ކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި 16 ގެއަކާއި އެއް ފިހާރަ ހިމެނޭ ކަމަށާއި ސާވޭ އަށް ފަހު 19 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ހިމަބިހީގެ އަލާމާތްތައް:
– ހުން އައުން
– ހަމުގައި ރަތް ބިހިތަކެއް ނެގުން ކެއްސުން
– އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ފަދަ އަލާމާތްތައް ވެސް ބައެއް މީހުންގެ ފަރާތުން ފެނުން އެކަށީގެންވޭ
މިއަދުވެސް އެޗްޕީއޭ އިން ވަނީ މިފަދަ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދަން ވާނެ ކަމަށެވެ.
ގުޅިފަޅު ކައިރިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ
ކޮރަޕްޝަނާ ދެކޮޅު ޒަރިޔަންދު، ޔާމީންގެ ޕާޓީގެ ޓިކެޓުގައި މޭޔަރު ކަމަށް
ލިލީ އިން އަނެއްކާ ވެސް އޮލިމްޕަހަށް
މީދާ މަދުކުރުމުގެ ހަރަކާތް ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިފި
ދޯންޏެއްގައި އެކަނި ދަނިކޮށް ދިޔަވެ އަޑިއަށް، ސަލާމަތް ކުރީ ފުލުހުން
ސިޓީ ޕާކް މިމަހު ނިޔަލަށް ނިންމަން މިދަނީ މަސައްކަތް ކުރަމުން: އާޒިމް