ނ. މަނަދޫގެ އެކި ސަރަހައްދުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްދޭނެ ބަޔަކު ހޯދުމަށް އެރަށު ކައުންސިލުން މިއަދު އިއުލާނު ކޮށްފިއެވެ.
މަނަދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި މިއަދު ބުނީ އެ ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް އެރަށުގެ އެކި ސަރަޙައްދުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެހެންކަމުން، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް ފަހު ކައުންސިލް އިދާރާ އަށް ހާޒިރުވެ މައުލޫމާތު ސާފު ކުރުމަށްފަހު ކަނޑައަޅާފައިވާ ސުންގަޑި އަށް އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ އެދިފައެވެ.
ރަޖިސްޓްރީވުމަށް ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ. ބިޑު ހުށަހެޅުން އޮތީ މިމަހުގެ 27ވަނަ ދުވަހުއެވެ.
މަނަދޫގެ އެކި ސަރަހައްދުތަކުގައި ސެކިއުރިޓީ ކެމެރާ ހަރު ކުރުމަށް ބަޔަކު ހޯދުމަށް އެރަށު ކައުންސިލުން ނިންމާފައި މިވަނީ އެރަށުގައި މީހަކު މަރާލާފައިވާ ދަނޑިވަޅެއްގައެވެ. ނައީމާ މޫސާ ނަމަކަށް ކިޔާ އުމުރުން 62 އަހަރުގެ އަންހެން މީހަކު މަރާލާފައި ވަނީ އެމީހާ ދިރިއުޅޭ ގޭގެ ތެރޭގައެވެ.
އެމީހާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ފުލުހުން އަންނަނީ ބުނަމުންނެވެ. ނަމަވެސް މިހާތަނަށް ނައީމާގެ ގާތިލު ހޯދިފައެއް ނުވެއެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން