ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހު އާބަންކޯ އިން ބާއްވަމުން އަންނަ ކޮމިއުނިޓީ ރޯދަވީއްލުން ހުޅުމާލޭގައި ހިންގަމުން އަންނަ އޯޓިޒްމް ސެންޓަރުގެ ކުދިންނަށް ހާއްސަ ކޮށްފިއެވެ.
އާބަންކޯ އިން ބުނީ މި ރޯދަވީއްލުންތަކަކީ އާބަންކޯގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ ބަދަހި މުޖުތަމައުއެއް ބިނާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.
މި ރޯދަވީއްލުމުގައި އެ ސެންޓަރުގައި ރަޖިސްޓްރީ ވެފައިވާ 192 ކުދިންނާއި އެކުދިންގެ ބެލެނެވެރިން އަދި 40 މުވައްޒަފުން ވަނީ ދައުވަތު ދީފައެވެ.
މިއަދު ސެންޓްރަލް ޕާކުގައި ބޭއްވި މި ރޯދަވީއްލުމުގެ ކުރިން ރޯދަވީއްލުމުގައި ބައިވެރިވި ކުދިންނަށް ހާއްސަކޮށް ރޮބޯމޭންގެ ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ހިނގާ އޭޕްރިލް މަހަކީ އިންޓަނޭޝަނަލް އޯޓިޒަމް އެވެއާނެސް މަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ މަހެވެ. އަދި މި ރޯދަވީއްލުން އޯޓިޒަމް ސެންޓަރަށް ހާއްސަކުރީ މި މަސް ފާހަގަކުރުމަށް އާބަންކޯގެ ފަރާތުން ބޭއްވޭ ހަރަކާތެއްގެ ގޮތުގައެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން