ނ. މަނަދޫގައި އިއްޔެ މަރުވެފައި އޮއްވާ ފެނުނު ނައީމާ މޫސާގެ ހަށިގަނޑު އޭނާގެ އާއިލާއާ ހަވާލުކުރީ ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތުމުން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ނައީމާގެ މަރާ ގުޅިގެން ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ނައީމާގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް އިއްޔެ ރިޕޯޓު ކުރުމުން އޭނާ ދިރިއުޅޭ ގެއަށް ދިޔައިރު އަނިޔާތަކަކާއެކު އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ނައީމާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވޭތީ މަރުގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި މިހާރު ހަރަކާތްތެރިވަމުންދާ ކަަމަށް ފުލުހުން ބުންޏެވެ.
ނައީމާގެ ހަށިގަނޑު ބަލައި ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފަހު އިތުރަށް ޕޯސްޓްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން ހަށިގަނޑު އާއިލާއާ ހަވާލުކޮށް މިއަދު ހަވީރު 5:20 ގައި ނައީމާގެ ހަށިގަނޑު ވަޅުލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގެ މައުލޫމާތު އެނގޭ މީހަކު “ހަތާވީސް”އާ ވާހަކަދައްކަވަމުން ރޭ ބުނީ އެމީހާ އަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ. ގައިގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާ ކަމަށާއި ކަރުވެސް ބުރި ކޮށްލުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެމީހާ ވެއްޓިފައި އޮތް ތަނުގައި ވަރަށް ބައިވަރު ލޭ ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން