އުމުރުން ދުވަސްވީ އަންހެނެއްގެ މަރާއި ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ނ. މަނަދޫ އަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ މަނަދޫގައި ގެއެއްގައި އެކަނި ދިރިއުޅެމުން އަންނަ އުމުރުން 62 އަހަރުގެ އަންހެނެއްގެ ހަބަރެއް ނުވާ ކަމަށް މިއަދުގެ 18:13 ހާއިރު ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އެގެއަށް ގޮސްފައިވާ ކަމަށެވެ.
އަދި އެ ގެއަށް ދިއުމަށްފަހު އޭނާ ދިރިއުޅޭ ގޭގައި ހުންނަ އޭނާގެ ކޮޓަރީގެ ދޮރު ވައްޓާލާ ކޮޓަރިއަށް ވަތްއިރު އެމީހާ އޮތީ ބިންމައްޗަށް ވެއްޓިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެމީހާ ބިންމަތީގައި ވެއްޓިފައި އޮތްއިރު މަރުވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ސޮބީހް އެރަށު ކޮމިއުނިޓީ ވައިބާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެ އަންހެން މީހާގެ މަރާއި ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން އެރަށަށް ރަށަށް އަރާ ފޭބުމުގައި ފުލުހުންނަށް އަންގަން ވާނެ ކަމަށެވެ. ތަހުގީގު ކުރަމުން އަންނަ މައްސަލަ އަކަށް ވާތީ އިތުރަށް ފުލުހުން ބަލަމުން އަންނަނީ ކޮން ކަންތައްތަކެއްތޯއެއް ސޮބީހް ހާމައެއް ނުކުރެއެވެ.
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި
ލަމްބަގިނީ ދުއްވި ރިފާއުގެ ލައިސަންސް ހިފަހައްޓައިފި
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ