ބެލްކަނީގައި ހުރި ކުނިތަކެއްގެ މައްޗަށް ނިއްވާ ނުލާ އެއްލާލި ސިނގަރޭޓު ފިލްޓަރެއްގެ ސަބަބުން ހިޔާ ޓަވަރުތަކުގެ އެޕާޓުމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ ހިޔާ ފްލެޓް އެޗް 5ގެ 17 ވަނަ ފަންގިފިލާގައި ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އެ ހާދިސާއާ ގުޅިގެން އާބަންކޯ އިން މީޑިއާ އަށް ހިއްސާކުރި މައުލޫމާތުގައި ބުނީ އެ އެޕާޓުމަންޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ބެލްކަނީގައި ހުރި ކުނިތަކެއްގެ މައްޗަށް ނިއްވާނުލާ އެއްލާލި ސިނގަރޭޓު ފިލްޓަރެއްގެ ސަބަބުން ކަމަށް ޝައްކު ކުރެވޭ ކަމަށެވެ.
އެހެންކަމުން އެފަދަ އަމަލުތައް ނުހިންގުމަށާއި އެކަން ކަމުގެ ސަބަބުން އެހެން މީހުންނަށް ވެސް އެކަމުގެ ގެއްލުން ލިބޭނެ ކަމަށް އާބަންކޯ އިން ބުންޏެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން