ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން، ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުން އަންނަ ކުދިންނަށް ހާއްސަކޮށް މިއަދު ރޯދަ ވީއްލުމެއް ދެއްވައިފިއެވެ.

އެ ރޯދަ ވީއްލުން ބާއްވާފައި ވަނީ މުލީއާގޭގައެވެ. އެ ރޯދަ ވީއްލުމަކީ ފިޔަވަތީގައި ތިބޭ ކުޑަކުދިންނާއި އެކުދިންގެ ކަންކަން ބަލަހައްޓާ ފަރާތްތަކަށް ރައީސްގެ ދެކަނބަލުން ދެއްވި ރޯދަ ވީއްލުމެކެވެ.

[caption id="attachment_49784" align="alignnone" width="1234"] ފިޔަވަތީގައި ބަލަހައްޓަމުން އަންނަ ކުދިންނަށް ރައީސްގެ ދެކަނބަލުން ދެއްވި ރޯދަ ވީއްލުމުގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް[/caption]

ރައީސްގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެ ރޯދަ ވީއްލުމުގައި، ކުޑަކުދިންނަށް ހާއްސަ ކުޅިވަރުގެ ހަރަކާތްތަކެއް ވަނީ ބާއްވައިފައެވެ. އެގޮތުން އެގޮތުން ރާޒުވާ ކުޅުމާއި ކުލަ ޖެއްސުން ފަދަ ހަރަކާތްތައް ކުރިޔަށް ގެންދިޔައެވެ.

އެ ކުޅިވަރުތަކުގައި އެކުދިންނާއެކު ރައީސްގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ރައީސް ސޯލިހު ވަނީ ބައެއް ކުދިންނާއެކު ރާޒުވާ ކުޅުއްވައިފައެވެ. އަދި ބައެއް ކުދިން ކެރަމް ކުޅޭތަން ރައީސް ވަނީ ބައްލަވާލައްވައިފައެވެ. ކުދިންނާއެކު ކުލަ ޖެއްސުމުގެ ހަރަކާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

[caption id="attachment_49785" align="alignnone" width="1024"] ފިޔަވަތީގައި ބަލަހައްޓަމުން އަންނަ ކުދިންނަށް ރައީސްގެ ދެކަނބަލުން ދެއްވި ރޯދަ ވީއްލުމުގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް[/caption]

ރައީސް އޮފީހުން ބުނީ މިއަދުގެ ހަވީރަކީ ދައުލަތުގެ ބަލަހައްޓާ ކުދިންނަށް އުފާވެރި ވަގުތުކޮޅެއް ލިބިގެންދިޔަ ހަވީރެއް ކަމަށެވެ.