ފިޝަރީޒް މިނިސްޓްރީގެ ހުއްދަ ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ދިރާސާތައް ނުކުރުމަށް އެ މިނިސްޓްރީން އަންގައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނީ އެ މިނިސްޓްރީގެ ގަވާއިދުގެ "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ޤުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމާބެހޭ ގަވާއިދު" އާއި ހިލާފަށް އެ މިނިސްޓްރީގެ ހުއްދަ ހޯދުމެއް ނެތި، ބައެއް ފަރާތްތަކުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާތަކާއި މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ދިރާސާތައް ކުރަމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި ދިރާސާކުރުމަށް މިނިސްޓްރީއަށް ހުށަހެޅުމަށްފަހު، މިނިސްޓްރީން ހުއްދަ ލިބުމުގެ ކުރިން ބައެއް ފަރާތްތަކުން ދިރާސާ ގެ މަސައްކަތްތައް ފަށައި ކުރިއަށް ގެންދާކަންވެސް ވެސް ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ.
އެހެންކަމުން އެ ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާތަކާއި މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ދިރާސާތައް ކުރުމަށް ބޭނުންވާ ފަރާތްތަކުން، އެދިރާސާއެއް ކުރަން ފަށަން ގަސްތުކުރާ ތާރީހުގެ މަދުވެގެން ދެ މަސް ދުވަހުގެ ކުރިން ދިރާސާ ކުރުމުގެ ހުއްދަ އަށް އެދި ފިޝަރީޒް މިނިސްޓްރީ އަށް ހުށަހެޅުމަށް ފިޝަރީޒް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.
"އަދި ސައްހަ ހުއްދައެއް ނެތި އެފަދަ ދިރާސާއެއް ނުވަތަ ތަހުލީލެއް ކުރުމަކީ މަނާކަމެކެވެ،" އިއުލާނުގައިވެއެވެ.
އެ މިނިސްޓްރީގެ އިއުލާނުގައި ބުނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާއެއް ނުވަތަ މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ދިރާސާއެއް ކުރުމުގެ ކުރިން މިނިސްޓްރީން ކަނޑައަޅައިފައިވާ ގޮތުގެ މަތީން، މިނިސްޓްރީގެ ރިސާޗް ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުމަށް އެންމެހައި ފަރާތްތަކަށް ހަނދުމަ ކޮށްދޭ ކަމަށެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން