ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޭވިއޭޝަން ފިއުލް އަދި ގޭސްއޮއިލް ފޯރުކޮށްދިނުމުގެ އެއްބަސްވުން ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިން އައުކޮށްފިއެވެ.
އެސްޓީއޯއިން އަންނަނީ 2011 ވަނަ އަހަރުން ފެށިގެން އެމްއޭސީއެލް އަށް ބޭނުންވާ އޭވިއޭޝަން ފިއުލް އަދި ގޭސްއޮއިލް ފޯރުކޮށްދެމުންނެވެ.
އެސްޓީއޯ އާއި އެމްއޭސީއެލް އާއި ދެމެދު މިއަދު ވަނީ 2024 ވަނަ އަހަރުގެ މާޗް 31 ވަނަ ދުވަހުގެ ނިޔަލަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޭވިއޭޝަން ފިއުލް އަދި ގޭސްއޮއިލް ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުން އައުކޮށްފައެވެ.
އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ސައީދެވެ. އަދި އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއުއެވެ.
އައު އެއްބަސްވުމުގެ ދަށުން ސަޕްލައި ކުރުމަށް އެއްބަސްވެފައިވާ އަދަދުތަކަކީ އޭވިއޭޝަން ފިއުލްގެ ގޮތުގައި 1.5 މިލިއަން ފީފާ އަދި ގޭސްއޮއިލް 80،000 ފީފާއެވެ. އެސްޓީއޯ އިން އެމްއޭސީއެލް އަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް އެސްޓީއޯގެ އަމިއްލަ ޓޭންކަރު އެމްޓީ އަލިމަސް ހިމެނޭ ގޮތަށް ދެ ޓޭންކަރެއް ބޭނުންކުރެއެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ