ހޯމަ ދުވަހު އަލްޖީރިއާގެ މިސްކިތެއްގައި ތަފާތު ކަމެއް ހިނގައިފިއެވެ. ތަރާވީހް ނަމާދުކުރަމުން ދަނިކޮށް ކުއްލިއަކަށް މިސްކިތަށް "ޒިޔާރަތް" ކުރީ ބުޅަލެކެވެ. ލައިވްކޮށް ދައްކަމުން ތަރާވީހް ނަމާދުގައި ގުރުއާން ކިޔަވަމުން ދަނިކޮށް ކުއްލިއަކަށް އިމާމްއާ ދިމާލަށް ފުއްމާލީ ބުޅަލެކެވެ.

https://twitter.com/BinImad/status/1643380758524968962

އިމާމް ހަށަން ބަނދެގެން ހުއްޓާ އައި ބުޅައި، އެރީ ދިޔަ ގޮތަށް ގޮސް އިމާމްގެ ވައަތު ކޮނޑަށެވެ. ދެން ފެންނަނީ އެ ބުޅާ ނަމާދުގެ ސަފުގައި ތިބި މީހުންނަށް ބަލާ މަންޒަރެވެ. އެއަށް ފަހު އިމާމްގެ މޫނުގައި ބޮސްދެއެވެ. ބޮސްދިނުމަށް ފަހު ބުޅާ ފުއްމާލައިގެން ދެއެވެ.

އަލަތީގީ ނަމަކަށް ކިޔާ އެކައުންޓުން ޓްވިޓާގައި ހިއްސާކުރި އެ ވީޑިއޯއަށް އެއް މިލިއަނަށްވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ. ވީޑިއޯއަށް ކޮމެންޓުކުރި އެންމެންވެސް ފާހަގަކުރި އެއް ކަމަކީ ބުޅާ ކޮނޑަށް އެރުމުންވެސް އިތުރު ހަރާކާތެއް ނުކޮށް އިމާމް ނަމާދު ކުރިއަށް ގެންދިޔުމެވެ.

ކޮމެންޓު ކުރި މީހުން ވަނީ އިމާމަށް ތައުރީފް ކޮށްފައެވެ. ވީޑިއޯއަށް ކޮމެންޓް ކުރި މީހަކު ބުނީ ބުޅާލާ މިސްކިތާ އޮންނަ ގުޅުމަކީ ވަރަށް ހާއްސަ ގުޅުމެއް ކަމަށެވެ. އެހެން މީހަކު ބުނީ ބުޅަތަކަކީ މުސްލިމުން ކަމަށެވެ.