ސަރުކާރުކާރުގެ ބޯހިޔަވަހިކަމުގެ މަޝްރޫއު، "ގެދޮރުވެރިޔާ"ގެ ބައެއް ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ކުރިއަށްދާ ކަމަށް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް އެހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތް ރަނގަޅު ޕްރޮގްރެސްއެއްގައި ކުރިއަށްދާ ކަމަށެވެ. ބައެއް ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތް ނިމި، ފިނިޝިންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަމާ އެކު ދަންނަވަން ކެރޭނެ، ރަނގަޅު މިންވަރެއްގެ ޕްރޮގްރެސް އެބަހުއްޓޭ. ކޮންކްރީޓް މަސައްކަތް ނިމި، ބައެއް އިމާރާތްތަކުގެ ކޮންކްރީޓް މަސައްކަތް ވެސް ނިމި، އޭގެ ތެރެއިން ބައެއް އިމާރާތްތަކުގެ ފިނިޝިންގެ މަސައްކަތް އެބަ ކުރިއަށްދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

[caption id="attachment_49693" align="alignnone" width="1176"] ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތް ކުރަމުން ގެންދާ ފްލެޓެއްގައި ދައްކާލުމަށް ހަދާފައިވާ އެޕާޓްމަންޓެއް -- ފޮޓޯ/ ފަހި ދިރިއުޅުން ކޯޕަރެޝަން[/caption]

ފްލެޓްތަކުގެ މަސައްކަތާ ގުޅޭ ގޮތުން މަޖިލީހުގައި މިނިސްޓަރު ވާހަކަފުޅު ދެއްކެވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. ނަޝީދު ފެކްޝަނަށް ތާއިދު ކުރައްވާ އިންތި ވިދާޅުވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، "ޑަމީ" ބެޑްރޫމެއް ސަރުކާރުން ދެއްކެވި ކަމަށެވެ. ނަމަވެސް ފްލެޓްތަކުގެ ކިތައް ޝީޓު އެޅިފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަން ސާފުކޮށްލަ ދެއްވުމަށެވެ.

[caption id="attachment_49695" align="alignnone" width="1620"] މިނިސްޓަރ އަސްލަމް މަޖިލީހުގެ ޖަލްސާގައި: އޭނާއަކީ އެންމެ ގިނައިން މަޖިލީހަށް ޖަވާބުދާރީވާ ވަޒީރު-- ފޮޓޯ/ މަޖިލިސް[/caption]

މިނިސްޓަރު ވިދާޅުވީ "ޑަމީ" ހައުސިން ޔުނިޓެއް އެޅިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ސޯޝަލް ހައުސިންގެ ދަށުން އެޅި ފްލެޓްތަކުގެ "މޮކަޕް"އަކަށް އެމަނިކުފާނުގެ ވަޑައިގެންނެވި ކަމަށާއި މޮކަޕްގައި ހުންނާނީ ފަރުނީޗަރުތައް އަތުރާފައި ކަމަށެވެ. ފްލެޓުތައް ދޭނީ ފަރުނީޗަރާ އެކުގައި ނޫން ކަމަށާއި "މޮކަޕްގައި" ހަމައެކަނި ދައްކާލުމަށް ބަހައްޓާފައި ހުރީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރުގެ ދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފްލެޓްގެ މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏަކުންނެވެ. އެއީ ޖޭއެމްސީ އާއި އެންބީސީސީއެވެ.

ގެދޮރުވެރިޔާ ފްލެޓް:

މަޝްރޫއުގެ ދަށުން ޖުމްލަ 32 ޓަވަރު އިމާރާތްކުރާނެ. 17-18 ބުރިއަށް
ދެ ކޮޓަރީގެ 1،200 ފްލެޓް. ބޮޑުމިން 650 އަކަފޫޓް ހުންނާނެ
ތިން ކޮޓަރީގެ 2،800 ޕްލެޓް. ބޮޑުމިން 900 އަކަފޫޓް ހުންނާނެ
ކޮންމެ ޓަވަރެއްގައި ދިރިއުޅެނީ 750 މީހުން ކަމަށް ބެލެވޭ