އައްޑޫ ސިޓީ އިން ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ ކުޑަ ކުއްޖަކު ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ބުނީ އިތުރު އެއް ކޭސް ދެނެގަނެވި ސާމްޕަލް ނަގައި ޓެސްޓް ހެދުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިންފެކްޝަސް ޕީރިއަޑް ފަހަނަ އަޅާފައިވާތީ ދެކުދިންގެ ފަރާތުން އިތުރަށް ބަލި ފެތުރުމުގެ ފުރުސަތެއް ނެތް ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.
އެ އެޖެންސީން ބުނީ ކޮންޓެކްޓުން ދެނެގަތުމާއި، ބަލި ޖެހުނު ސަބަބު ދެނެގަތުމުގެ މަސައްކަތް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ކުރަމުން އަންނަ ކަމަށެވެ. އަދި ބުނީ ވެކްސިން ދޭން ޖެހޭ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.
ހިމަބިހީގެ އަލާމާތްތައް:
- ހުން އައުން
- ހަމުގައި ރަތް ބިހިތަކެއް ނެގުން ކެއްސުން
- އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ފަދަ އަލާމާތްތައް ވެސް ބައެއް މީހުންގެ ފަރާތުން ފެނުން އެކަށީގެންވޭ
އެޗްޕީއޭ އިން މިއަދު ބުނީ އެފަދަ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދަން ވާނެ ކަމަށެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން