ރަމަޟާން މަހަކީ ހާއްސަ މައްސަރެކެވެ. ވަކިން ހާއްސަކޮށް ރޯދަ ވީއްލުމަށް ހާއްސަ ކެެއުންތައް ހެދުމަކީ ކޮންމެ ގައުމެއްގައިވެސް ކޮށް އުޅޭ ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ރޯދަ ވީއްލުމުގައި ނުވަތަ ރޯދަ މަހު އާއްމުކޮށް ކައިއުޅޭ އެއްޗެއްސެވެ.
މިސްރު
"ގްރޭވް ލީވްޒް" އަކީ މިސްރުގައި ރޯދަ ވިއްލާ ގަޑީގައި ކައި އުޅޭ ވަރަށް މަޝްހޫރު ކެއުމެކެވެ. އެ ކެއުން ތައްޔާރުކުރަނީ ހަނޑުލާއި، މަހުގެ އިތުރުން ތަފާތު ސްޕައިސްތައް އަޅައިގެންނެވެ. މިއީ އަރަބި އެހެން ގައުމުތަކުގައިވެސް މަޝްހޫރު ކެއުމެކެވެ. އެކަމަކު މިސްރުގައި މި ކެއުމަކީ ރޯދަ މަހަށް ވަރަށް ހާއްސަ ކެއުމެކެވެ.
އިންޑިއާ
އާބާދީގައި 17 މިލިއަނެއްހާ މުސްލިމް ދިރިއުޅޭ އިންޑިއާގައި ރޯދަ މަހު އެންމެ މަޝްހޫރު އެއް ކެއުމަކީ "ސަމޯސާ ޗާޓް" އެވެ. މިއީ އަލުވި، ޔޯގަޓް، ޓަމަރިންޑް ޗަޓްނީ އަޅައިގެން ހަދާފައިވާ ކެއުމެކެވެ. މިއީ ވަރަށްވެސް ރަހަމީރު އެއްޗެކެވެ.
[caption id="attachment_49667" align="aligncenter" width="610"] އިންޑިއާ ގައި ރޯދަ ވީއްލުމަށް ބޭނުންކުރާ އެންމެ މަޝްހޫރު ކެއުމަކީ ސަމޯސާ ޗާޓް[/caption]
އިރާގް
"ޓެޕްސީ ބެޓެންޖަން" އަކީ އިރާގުގައި ރޯދަ ވީއްލުމަށް ހާއްސަ އަދި ވަރަށް މަގުބޫލު ކެއުމެކެވެ. މިއީ އެގްޕްލާންޓް ތެލުލައި، މީޓްބޯލް، ޓޮމާޓޯ، ފިޔާ އަދި ލުނބޯ އެއްކޮށްލައިގެން ތައްޔާރުކުރާ ކެއުމެކެވެ.
[caption id="attachment_49669" align="aligncenter" width="680"] އީރާގުގައި މަޝްހޫރު ޓެޕްސީ ބެޖެންޓަން[/caption]
ޕާކިސްތާން
ޕާކިސްތާނުގައި ފްރުޓް ޗާޓް ނަމަކަށް ކިޔާ ސެލެޑަކީ ރޯދަ ވީއްލަން ހާއްސަ ކެއުމެކެވެ. މި ސެލެޑަކީ ތާޒާ މޭވާތައް ކުދި ކުދިކޮށް ކޮށާލުމަށްފަހު ޗާޓް މަސާލާއިން ސީޒަންކޮށްގެން ތައްޔާރުކުރާ ސެލެޑެކެވެ.
[caption id="attachment_49671" align="aligncenter" width="639"] ފުރުޓް ޗާޓް[/caption]
ފަލަސްތީން
ފަލަސްތީނުގައި ރޯދަ ވީއްލާން އެންމެ މަޝްހޫރު ކެއުމަކީ "މަކްލޫބެހް" އެވެ. މަކްލޫބެހަކީ ހަނޑުލާއި މަހުގެ ބާވަތްތައް ބޭނުންކޮށްގެން ތައްޔާރުކުރާ ކެއުމެކެވެ. މިއީ ރޯދަ ވީއްލާ ގަޑީގައި ސުފުރާ މަތީގައި ކޮންމެހެން ހުންނަ ޖެހޭ ކެއުމެކެވެ.
[caption id="attachment_49674" align="aligncenter" width="817"] ރޯދަ މަހުގައި ފަލަސްތީނުގައި އެންމެ ހާއްސަ ކެއުން[/caption]
ސީރިޔާ
މަހްޝީ އަކީ ސީރިޔާގައި ރޯދަ މަހުގެ ހާއްސަ ކެއުމެކެވެ. މިއީ ޒޫކިނީ، އެގްޕްލާންޓް އަދި ވިނަފަތް ބޭނުންކޮށްގެން ތައްޔާރުކުރާ ޑިޝްއެކެވެ. އެއަށްފަހު ޓޮމާޓޯ ސޯސް އާއި ހިކި މިންޓް ފަތްތަކުގައި އަޅައިން ކައްކާ ކެއުމެކެވެ.
[caption id="attachment_49675" align="aligncenter" width="702"] ސީރިޔާގައި ރޯދަ މަހުގެ ހާއްސަ ކެއުން[/caption]
ސޫދާން
އާސިދާ އާއި މޮލާހް އަކީ ސޫދާން ގައި ރޯދަ މަހު އެންމެ ގިނައިން ކައި އުޅޭ އެއް ކެއުމެެކެވެ. އާސިދާ އަކީ ހޫނުފުނުގެ ތެރެއަށް ފުށް އެއްކޮށްގެން ތައްޔާރުކުރާ އެއްޗެކެވެ. އަދި ބައެއް ފަހަރު ބަޓަރު ނުވަތަ ހަނޑޫ ވެސް އަޅާފައި ހުރެއެވެ.
[caption id="attachment_49676" align="aligncenter" width="660"] ސޫދާނުގައި ރޯދަ މަހަށް ހާއްސަ ކެއުން[/caption]
ޓެންޒޭނިއާ
ކައިމަޓީ އަކީ ޓެންޒޭނިޔާގައި ރޯދަ މަހުގެ ވަރަށް ހާއްސަ ކެއުމެކެވެ. މިއީ ފުށް، ހަކުރު އަދި ކާށި ކިރު އެއްކޮށްގެން ތައްޔާރުކުރާ ފޮނި ކާނާއެކެވެ. މި ކާނަ ހުންނަނީ ޑަމްޕްލިން ނުވަތަ ޑޯނަޓެއްގެ ސްޓައިލަށެވެ.
[caption id="attachment_49677" align="aligncenter" width="673"] ޓެންޒޭނިއާގެ މަޝްހޫރު ފޮނި ކެއުން: ކައިމަޓި[/caption]