ޔޫތް މިނިސްޓްރީގެ ބިމެއްގައި ހުރި މުދާތަކެއް ސިޓީ ކައުންސިލުން ގެންގޮސްފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާއި ކަނޑައެޅިގެން ހިލާފަށް ކަމަށާއި ބައެއް މުދަލަށް ގެއްލުން ދީފައިވާ ކަމަށް ބުނެ އެ މިނިސްޓްރީން އެކަން، ކުށްވެރި ކޮށްފިއެވެެ.
ޔޫތް މިނިސްޓްރީގެ ގުދަނެއްގައި ހުރި މުދާތަކެއް ސިޓީ ކައުންސިލުން ގެންދިޔަ މައްސަލައާ ގުޅިގެން ދެ އިދާރާ ދެމެދު ވަނީ ނުތަނަވަސްކަން އިތުރުވެފައެވެ.
ޔޫތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ ބިމަކީ ކުޅިވަރުގެ ބޭނުންތަކަށް ޕްލޭނިން މިނިސްޓްރީން 2019 ވަނަ އަހަރުގެ މެއި މަހުގެ 15 ދުވަހު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ބިމެއް ކަމަށެވެ.
އަދި ބިމުގެ ޑިވޮލޮޕްމެންޓް ކޮންޓްރޯލް ޕްލޭނިން މިނިސްޓްރީން، ހަމަ އެ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ދީފައިވާއިރު މިދިޔަ އަހަރުގެ ޖެނުއަރި މަހުގެ 16 ވަނަ ދުވަހު ޕްލޭނިން އިން ފޮނުވާފައިވާ ޗާޓުންވެސް އެކަން ސާފުވާން އޮންނާނެ ކަމަށެވެ.
ޔޫތް މިނިސްޓްރީން ބުނި ގޮތުގައި ބިމުގައި ވޮލީގެ އިމާރާތް އެޅުމަށް ކޮންސެޕްޓް ކުރަހުންތައް ހުށަހަޅައި އެ ހުށަހެޅުންތައް 2021 ވަނަ އަހަރުގެ ޖޫން މަހުގައި ޕްލޭނިން މިނިސްޓްރީން ފާސްކޮށްފައިވާ ކަމަށެވެ.
އެ ފާސްވުމުން ޑީޓޭލްގެ ޑްރޯވިން ޖޫން މަހުގެ 23 ވަނަ ދުވަހު ސިޓީ ކައުންސިލަށް ފޮނުވާފައިވާ ކަމަށާއި ނަމަވެސް ފާސްކޮށްދިނުން ލަސްވާތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އިތުރު ސިޓީއެއް ފޮނުވާފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
އެހެން އެކަން އޮއްވާ ސިޓީ ކައުންސިލުން ގުދަނުގެ ހުރި މުދާ ނެގުމަށް ހިންގާފައިވާ އަމަލުތަކަކީ ޖިނާއީ ކުށެއްގެ އަމަލެއް ކަމަށް މިނިސްޓްރީން ވަނީ ސިފަކޮށްފައެވެ.
"މުވައްޒަފުންގެ ގައިރު ހާޒިރުގައި މިނިސްޓްރީގެ ގުދަނެއްގައި ރައްކާކޮށްފައިވާ މުދަލެއްގައި ސިޓީ ކައުންސިލަށް އަށްލެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނޯއްނާނެ"
އެ ބިމަކީ އެއްވެސް ވެރިފަރާތެއްނުވާ ބިމެއް ކަމަށް ސިޓީ ކައުންސިލުން ބުނަމުންދާ ބުނުމަށް ރައްދުދެމުން ބަޔާނުގައި ބުނީ މިނިސްޓްރީއާ އެކު ކުރެވިފައިވާ މުއާމަލާތްތަކުން އެ ބިމަކީ އެ މިނިސްޓްރީގެ ބިމެއްކަން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ. އަދި އެއްވެސް އިރަކު ސިޓީ ކައުންސިލްގެ ބިމެއްކަން އަންގާފައިނުވާނެ ކަމަށް ޔޫތް މިނިސްޓްރީގެ ބަޔާން ނިންމާލަމުން ބުންޏެވެ.
އަދި ދެ އިދާރާ ދެމެދު ކުރެވިފައިވާ މުއާމަލާތުތަކުގެ ސިޓީ މިނިސްޓްރީން ވަނީ ބަޔާނާ އެކު އާއްމުކޮށްފައެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި