މިއަދު ފަތިހުގެ ވަގުތެއްގައި މާލެ އަށް ކުރި ވިއްސާރާގައި 80 މިލިމީޓަރަށްވުރެ ގިނަ ވާރޭ ވެހުނުކަން މޫސުމާ ބެހޭ ގައުމީ އިދާރާގެ ރިކޯޑުތަކުން ދައްކައިފިއެވެ.
މެޓު އޮފީހުން މިއަދު ބުނީ މިއަދު މާލެ ސިޓީ އަށް ބޯކޮށް ވާރޭވެހި ގުގުރާފައިވާ ކަމަށެވެ. އަދި މާލެ ސިޓީ އަށް 88 މިލިމީޓަރުގެ ވާރޭ ވެހުނުކަން ރިކޯޑު ކުރެވިފައިވާ ކަމަށްވެސް ބުންޏެވެ. މީގެއިތުރުން ބުނީ ހުޅުލޭ އަށް 49 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށެވެ.
https://twitter.com/MetMaldives/status/1642106651561054208?s=20
މިއަދު ހެނދުނު މާލެ އަށް ވާރޭ ވެހެން ފެށިތާ މާ ގިނައިރުތަކެއް ނުވަނީސް މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. މީގެތެރޭގައި މާލޭގެ ބޮޑެތި ބައެއް މަގުތައް ވެސް ހިމެނެއެވެ. އެގޮތުން އަމީނީމަގު މާފަންނާއިވީ ހިސާބާއި ކަނބާ އައިސާރަނި ހިނގުން (އައިޖީއެމްއެޗް ކައިރި) ފަދަ މަގުތައް ހިމެނެއެވެ.
މާލޭގެ މަގުތަކުގައި ފެން ބޮޑުވެފައި ވާތީ އާއްމުން އަންނަނީ ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ކަމާބެހޭ އިދާރާތައް ސޯޝަލް މީޑިއާގައި ވަނީ ޓެގު ކޮށްފައެވެ.
ބޯކޮށް ވާރޭ ވެހިއްޖެ ނަމަ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ އަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި