ރޯދަ މަހާ އެކު ކަދުރަކީ މުސްލިމުންގެ މެދުގައި ވަރަށްވެސް މަގުބޫލު އެއްޗެކެވެ. ކަދުރުން ރޯދަ ވީއްލުމަކީ ވެސް ސުންނަތަކެވެ.
ކަދުރުގައި އިންސާނާގެ ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. އެގޮތުން ފައިބާ އާއި އެންޓިއޮކްސިޑެންޓްސް ގިނަ އަދަދަކަށް އެކުލެވިގެންވާ އިރު، މިއީ ގިނަ ބަލިތަކުން ހަށިގަނޑު ސަލާމަތްކޮށްދޭ އެއްޗެކެވެ.
ތިރީގައި މި ހިމަނާލަނީ ދޫނިޔޭގައި އެންމެ މަޝްހޫރު ކަދުރުތަކެވެ.
މެޑްޖޫލް: މިއީ ދުނިޔޭގެ އެންމެ އަގުބޮޑު ކަދުރުތަކުގެ ތެރޭގައި ހިމެނޭ ކަދުރެކެވެ. މޮރޮކޯއިން އުފައްދާ މި ކަދުރަކީ ސައިޒުގެ ގޮތުން ބޮޑު މީރު ރަހަ އެއް އެކުލެވޭ މަޝްހޫރު ކަދުރެެކެވެ. މި ކަދުރު ފާހަގަކުރެވެނީ ރަހައިގެ ގޮތުން މުއްސަނދި ކަދުރެއްގެ ގޮތުގައެވެ.
މަބްރޫމް: ސައުދިއަރަބިޔާ ގައި އުފެދޭ މި ކަދުރަކީ އެހެން ބާވަތްތަކުގެ ކަދުރުތަކަށް ވުރެ ފޮނިކަން ކުޑަ ކަދުރެކެވެ. މި ބާވަތުގެ ކަދުރުތަކަކީ މަޑު އަދި ވަރަށް ހިކި ކަދުރުތަކެކެވެ.
އަޖުވާ: މަދީނާގައި އުފެދޭ މި ކަދުރަކީ ކަޅުކުލައިގައި ހުންނަ ކަދުރެކެވެ. މިއީ މީރު ރަހައެއް އެކުލެވިގެންވާ ކަދުރުތަކެކެވެ.
ޑިގްލެޓް ނޫރު: މިއީ އަލްޖީރިޔާގެ ޓްލޮގާ ކިޔާ ސަރަހައްދެއްގައި އުފެދޭ ކަދުރެކެވެ. މާމުއި ފަދަ ރަހައެއް ހުންނަ މި ކަދުރު މަޝްހޫރުވެފައިވަނީ ކަދުރުތަކުގެ "ރާނީ" ގެ ގޮތުގައެވެ. މިއީ ބޭކިން އާއި ކެއްކުމަށް ބޭނުންކުރާ ލުއި ސައިޒުގ ކަދުރެކެވެ.
ޕިއަރޮމް: މި ކަދުރު ކަދުރުގެ ބާވަތްތަކަކީ އީރާނުގެ ދެކުނުގައި އުފެދޭ ކަދުރުތަކެކެވެ. މިއީ ސައިޒުން ބޮޑު، ކަޅު ކުލައިގެ ކަދުރުތަކެކެވެ. މިއީ ހިކި ކަދުރުގެ ބާވްތަތަކުގެ ގްރޫޕަށް ނިސްބަތްވާ ކަދުރުތަކެކެވެ. އީރާނުގެ ދެކުނުޕްރޮވިންސް ކަމަށްވާ ހޮރްމޯޒްގާންގައި، ހާޖިއާބާދު ކައިރީގައި ގިނަ އަދަދަކަށް ޕިއަރޯމް ކަދުރު އުފައްދައެވެ.
[caption id="attachment_49541" align="aligncenter" width="875"] މުސްލިމުންގެ މެދުގައި އެންމެ މަޝްހޫރު ކަދުރުތައްފޮޓޯ: އަލް ޖަޒީރާ[/caption]
ފުޑް އެންޑް އެގްރިކަލްޗަރ ޑޭޓާބޭސް ޓްރިޖުގައިވާ ގޮތުން އަހަރަކު ނުވަ މިލިއަން މެޓްރިކް ޓަނުގެ ކަދުރު އުފައްދައެވެ.
ދުނިޔޭގައި ކޮންމެ ފަސް ކަދުރުން ގާތްގަނޑަކަށް އެކަކު ނުވަތަ 18 އިންސައްތަ ކަދުރު އުފައްދަމުން އަންނައިރު، މިސްރަކީ ދުނިޔޭގައި އެންމެ ގިނައިން ކަދުރު އުފައްދާ ގައުމެވެ.
[caption id="attachment_49542" align="aligncenter" width="914"] ދުނިޔޭގައި އެންމެ ގިނައިން ކަދުރު އުފައްދަނީ މިސްރުގައިފޮޓޯ: އަލްޖަޒީރާ[/caption]
މިސްރުން ކޮންމެ އަހަރަކު 1.7 މިލިއަން މެޓްރިކް ޓަނުގެ ކަދުރު އުފައްދާއިރު ސައުދީން ކޮންމެ އަހަރު 1.5 މިލިއަން ޓަނުގެ ކަދުރު އުފައްދައެވެ. އީރާނުން 1.3 މިލިއަން ޓަނުގެ ކަދުރު، އަލްޖީރިޔާ އިން 1.2 މިލިއަން ޓަނުގެ ކަދުރު، އިރާގުން 735 މެޓްރިކް ޓަނުގެ ކަދުރު އުފައްދައެވެ. ޕާކިސްތާނުނެ 543 ޓަނުގެ ކަދުރު، ސޫދާނުން 465 މެޓްރިނުގެ ކަދުުރު އުފައްދާއިރު އޮމާނުން އުފައްދަނީ 368 ޓަނުގެ ކަދުރެވެ. ޓިއުނިޝިއާއިން 332 ޓަނުގެ ކަދުރު އަދި ޔޫއޭއީއިން 328 ޓަނުގެ ކަދުރު އުފައްދައެވެ.