ބާޒާރުން ކާށި ލިބުން ދަތިވެ އޭގެ އަގު އުފުލެން ފެށުމުން، ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އިން ރާއްޖެ އަށް ކާށި އެތެރެކޮށް ވިއްކަން ފަށައިފިއެވެ.
އެސްޓީއޯ އިން ރާއްޖެ އަށް ކާށި ޝިޕްމަންޓެއް ގެނައީ މިދިޔަ މަހުގެ 27ވަނަ ދުވަހުއެވެ. ކާށި ވިއްކަން ފަށާނީ އޭގެ ކޮލިޓީ އަށް ބެލުމަށްފަހު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެސްޓީއޯ އިން ކާށި ޝިޕްމަންޓެއް ގެނެސް ވިއްކަމުން ގެންދަނީ ކިލޯ ކިރައިގެންނެވެ.
އާއްމު ގޮތެއްގައި ބާޒާރުގައި ކާށި ވިއްކަނީ ވަކިން ކަމުގައިވީ ނަމަވެސް، އެސްޓީއޯ އިން ކާށި ކިލޯއެއް ވިއްކަނީ 12 ރުފިޔާގެ ރޭޓުންނެވެ.
ބާޒާރުގައި ކާށި އަގުބޮޑުވުމުގެ ސަބަބުން، މީގެކުރިން 200 ރުފިޔާ އާއި 300 ރުފިޔާއާ ދެމެދު ވިއްކި ކާށި ބަސްތާއެއް ބާޒާރުގައި 1000 ރުފިޔާއަށްވުރެ މައްޗަށް އަރައިގެން ދިޔައެވެ.
އެސްޓީއޯ އިން ދަނީ މި ރޯދަ މަހު ތަކެތީގެ އަގު އެހެން އަހަރު ތަކެކޭވެސް އެއްފަދައިން ބޮޑު ވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަމުންނެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި