އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ޕަބްލިކް ހިއްސާދާރުން ތަމްސީލް ކުރުމަށް، ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އެކުންފުނިން މިއަދު ހުޅުވާލައިފިއެވެ.
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންވާ ޝަރުތުތައް، އެ ކުންފުނިން މިއަދު ކުރި އިއުލާނުގައި ބަޔާން ކޮށްފައިވާއިރު އެކުންފުނީގެ ބޯޑަށް ކުރިމަތިލާން ބޭނުންވާ ހިއްސާދާރުން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް އަދި ފޯމާއެކު ހުށަހަޅަންޖެހޭ ޑޮކިއުމަންޓްތައް ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލް ކުރުމަށް ނުވަތަ އެ އެސްޓީއޯގެ ވެބްސައިޓްގައި ގާއިމްކުރެވިފައިވާ ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
އެސްޓީއޯ އިން ބުނީ މިމަހުގެ 24ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ފޯމު ހުށަހަޅަން ވާނެ ކަމަށެވެ. އެސްޓީއޯގެ އިއުލާނުގައި އެ މަގާމަށް އަންހެން ބޭފުޅުން ކުރިމަތިލުމަށް ބާރު އަޅާފައިވެއެވެ.
އެ އިއުލާނާއެކު، ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލު ކުރާ ޑިރެކްޓަރުން ނޮމިނޭޓު ކޮށްދެއްވުމަށް އެދި ޕީސީބީއަށް ވެސް މިއަދު ނޯޓިސް ހުށަހަޅާފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން