މާލެ އަށް މިއަދު ބޯކޮށް ވާރޭ ވެހި މަގުތަކުގައި ބޮޑުވެއްޖެއެވެ.
މިއަދު ހެނދުނު މާލެ އަށް ވާރޭ ވެހެން ފެށިތާ މާ ގިނައިރުތަކެއް ނުވަނީސް މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. މީގެތެރޭގައި މާލޭގެ ބޮޑެތި ބައެއް މަގުތައް ވެސް ހިމެނެއެވެ. އެގޮތުން އަމީނީމަގު މާފަންނާއިވީ ހިސާބާއި ކަނބާ އައިސާރަނި ހިނގުން (އައިޖީއެމްއެޗް ކައިރި) ފަދަ މަގުތައް ހިމެނެއެވެ.
https://twitter.com/AliHashimSmith1/status/1642023894919036931?s=20
މާލޭގެ މަގުތަކުގައި ފެން ބޮޑުވެފައި ވާތީ އާއްމުން އަންނަނީ ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ކަމާބެހޭ އިދާރާތައް ސޯޝަލް މީޑިއާގައި ވަނީ ޓެގު ކޮށްފައެވެ.
https://twitter.com/J0rDYAHmed/status/1642023317786992640?s=20
މާލެ އަށް ވެހުނު ވާރޭ ހުއްޓާލިތާ ވެސް އެތައް އިރެއް ވެއްޖެއެވެ. ނަމަވެސް މަގުތަކުގައި އަދިވެސް ފެން ހެދިފައި އެބަހުއްޓެވެ. އެކަމަކު އަދި ފެން ހިންދުމުގެ މަސައްކަތް ކުރިޔަށްދާ ކަމެއް އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.
ބޯކޮށް ވާރޭ ވެހިއްޖެ ނަމަ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ އަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއެވެ.
ނަޝީދު އަލީއަށް ތާއިދުކޮށް، ހަރުގޭގައި ދެ މިނެޓްގެ ވާހަކަކޮޅެއް
ގުޅިފަޅު ކައިރިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ
ކޮރަޕްޝަނާ ދެކޮޅު ޒަރިޔަންދު، ޔާމީންގެ ޕާޓީގެ ޓިކެޓުގައި މޭޔަރު ކަމަށް
ލިލީ އިން އަނެއްކާ ވެސް އޮލިމްޕަހަށް
މީދާ މަދުކުރުމުގެ ހަރަކާތް ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިފި
ދޯންޏެއްގައި އެކަނި ދަނިކޮށް ދިޔަވެ އަޑިއަށް، ސަލާމަތް ކުރީ ފުލުހުން