ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާކަން މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު މޫސާ (އުއްޗު) ހާމަކުރައްވައިފިއެވެ.
މިކަން ހާމަކުރެއްވީ ޗަމްޕާގެ ރަށެއް ކަމަށްވާ ޗަމްޕާގިރީގައި ރައީސާއެކު އުއްޗު ބޭއްވި ރޯދަވީއްލުމެއްގައެވެ. މި ރޯދަ ވީއްލުމުގައި އުއްޗުގެ އާއިލީ ބޭފުޅުންގެ އިތުރުން މި ސަރުކާރުގެ ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި ރިޔާސީ އިންތިހާބުގައި އުއްޗުގެ ތާއީދު ރައީސަށް އޮތްކަން ހާމަ ކުރެއްވުމުގެ ގޮތުން އުއްޗު ވަނީ “އިބޫ 23” މިހެން ޖަހާފައިވާ ޖާޒީއެއް ރައީސަށް އަރުވައިފައެވެ.
https://twitter.com/faruhaadmohamed/status/1641835897112100870?s=46&t=M9M5hUKhSMLW6TzFVtCYOQ
ރައީސަށް އުއްޗުގެ ތާއީދު އޮތްކަން ހާމަކުރައްވާފައިވާއިރު ދާދިފަހުން ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އުއްޗުއާ ބައްދަލުކުރައްވައިފައެވެ.
ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވަނީ ޖުމްހޫރީ ޕާޓީން ނެރޭ ކެންޑިޑޭޓަށެވެ. އެޕާޓީން އިންތިހާބަށް ނިކުންނަވަނީ އެޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމެވެ.
ބޯހިޔާވަހިކަމަށް އިހުމާލުވެފައި ވާތީ އެމްޑީޕީގެ އެއްވުމެއް
ޑޮލަރު ފޭރުން: މީހުންގެ ވަނަވަރު އާއްމުކޮށްފި، ފައިސާ އަދިވެސް ނުހޯދޭ
ޒަމްއަތު މީޑިއާ ކޮންޓްރޯލްކުރާ ކޮމިޝަނުގެ ނާއިބު ރައީސަކަށް
ކުޑަ ހައިމާކަކުން ކުރެންދޫ ފަޅު ފުންކުރާތީ ޔާމީން ފާޑުވިދާޅުވެއްޖެ
އަންނަ އަހަރުގެ ބަޖެޓުން ބާކީ ހުރި ވައުދުތައް ފުއްދޭނެ: ރައީސް