ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެެރިކަމުގައި ދިވެހި ރައްޔިތުންނަށް ތަރައްގީ ފެނިއްޖެ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ މާތް ރަސްކަލާނގެ ހެޔޮ ރަހުމަތުން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް ސޯލިހު ކާމިޔާބު ކުރައްވާނެ ކަމަށެވެ.
https://twitter.com/abdulla_shahid/status/1641717319658528768?s=46&t=xapWNGbbfBd0uN9xb5fzNA
އެމަނިކުފާނު އެ އިންތިހާބު ކާމިޔާބު ކުރައްވާނީ ދިވެހި ރައްޔިތުންގެ ލޯތްބާއެކު ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބު ކުރެއްވީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކޮށެވެ. އިންތިހާބުން ނާކާމިޔާބުވުމުން ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސާ ދެކޮޅަށެވެ.
މީގެއިތުރުން މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ މިއަހަރުގެ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައިފައެވެ.
ޔަޒްމީދު އިސްތިއުފާ ދިނުމުން ޖޭއެސްސީއަށް ރައީސްގެ އާ ބޭފުޅަކު
ވަޔާ ކަނޑުތައް ގަދަވުމުން ޔެލޯ އެލާޓު ނެރެފި
ތިން ރައީސުންގެ މަންދޫބުން ނިންމެވީ ޕާޓީތަކާ މަޝްވަރާކުރަން
ޑައިވިނަށް ދިޔަ ހަތަރު ޓޫރިސްޓުންގެ ހަށިގަނޑު ފެނިއްޖެ
ތިން ރައީސުންގެ ފަރާތުން މަންދޫބުން ކަނޑައަޅައިފި