ކ. ތިލަފުށީގައި ހުރި އިމާރާތެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފިއެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ ތިލަފުށީ އެމްޕީއެލް ސަރަހައްދުގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެގެން ތިލަފުށީ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ އެ އިމާރާތުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:45 ހާއިރު ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވީ މިލިއަން ބޯޓްޔާޑު ސައިޓުގައެވެ. އަދި މިހާރު އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައެވެ.
އެމްއެންޑީއެފް އިން ވެސް ބުނީ މިހާރު 80 ޕަސަންޓް ކޮންޓްރޯލް ކުރެވިއްޖެ ކަމަށެވެ. އިތުރުތަނަކަށް އަލިފާން ފެތުރިފައި ނުވާ ކަމަށް ވެސް ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވެފައިވަނީ 2 ބުރިއަށް ހަދާފަ ހުރި އިމާރާތެއްގައި ކަމަށާއި އިމާރާތުގެ ގްރައުންޑް ފްލޯއަކީ ލަކުޑި ގުދަނެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އަދި މަތީބައި ބޭނުން ކުރަނީ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި